ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެމީހުންގެ ފައިދާ ނަގާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ: ސީޕީ

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި އެމީހުންގެ ފައިދާ ނަގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފުލުހުން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ހިޖުރަކުރުމާއި އެކަމުން ފައިދާ ހޯދާ ފަރާތްތަކަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށާއި ގަވާއިދުތަކާ އެއްގޮތަށް ބިދޭސީ މަސައްކަތްތެރިން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރި ނަމަވެސް، ގައުމަށް ގަވާއިދާ ހިލާފަށް ވަދެ ނުވަތަ މަސައްކަތްކުރާ ކޮންމެ މީހަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށެވެ.

HajjCop_ads
Advertisement

ހަމައެއާއެކު، އިންސާނީ ވަގުފާރިއަކީ ނާޒުކު ހާލަތުގައި ތިބޭ މީހުން އަނިޔާވެރި ގޮތުގައި ބޭނުންކޮށް މުޖުތަމައުއަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރުވާ ނުރައްކާތެރި ކުށެއްކަން ފާހަގަކުރައްވައި، މިފަދަ ކުށްތަކަކީ ގައުމުގެ ސަލާމަތަށް ނުރައްކާކޮށް، އިޖުތިމާއީ ގޮތުން ނޭދެވޭ އަސަރުތައް ފޯރުވާ ކުށްތަކެއްކަމަށް ސީޕީ ވިދާޅުވިއެވެ. އަދި އިންސާނީ ވަގުފާރިކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި ކޮންމެ ފަރުދެއްގެވެސް ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއެކު މަސައްކަތްކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި