ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

އީރާނުގައި ބާއްވާ “ކިޝް އެކްސްޕޯ” ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

އީރާނުގައި ބާއްވާ ކިޝް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން އާއްމުކޮށްފައިވާ އިއުލާނުގައި ބުނީ އެކްސްޕޯ އީރާނުގައި ކުރިއަށްދާނީ ޑިސެމްބަރު 9 އިން 14 އަށް ކަމަށެވެ. އީރާނުގެ ސަރުކާރުން އެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ދީފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. މައުރަޒު އޮންނާނީ އީރާނުގެ ކިޝްގައި ހުންނަ ކިޝް އައިލެންޑް އެގްޒިބިޝަން ސެންޓަރުގައެވެ. އެގްޒިބިޝަން ކުރިއަށްދާނީ ހަ ދުވަހުގެ މުއްދަތަށެވެ.

މައުރަޒުގައި ބައިވެރިވުމަށް ހާއްސަ ދާއިރާތަކެއް ވަނީ ކަނޑައަޅައިފައެވެ. އެއީ ޓޫރިޒަމް، ކޮންސްޓްރަކްޝަން، ދަނޑުވެރިކަމާއި ކާބޯތަކެތި، ބޭންކިން ސަރވިސް، ޞިއްޙީ ދާއިރާ، އަދި އަތްތެރި މަސައްކަތާއި ގުޅުންހުރި ދާއިރާތަކެވެ.

މައުރަޒުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެޕްރޫވަލް ލިބޭ ފަރާތްތަކަށް އީރާނުގައި ތިން ރޭ ހިލޭ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މައުރަޒުގައި ބައިވެރިވުމަށް [email protected] އަދި [email protected] އަށް އީމެއިލް ކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަންނަނީ ދިވެހި ވިޔަފާރިވެރިންނަށް ބޭރުގެ މާކެޓްތަކުން ފުރުސަތު ހުޅުވާލަމުންނެވެ. އެގޮތުން މިއަހަރު ތެރޭގައި ވެސް އެކި ގައުމުތަކުގައި ބާއްވާފައިވާ މައުރަޒުތަކުގައި ދިވެހި ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

449352 f9826891 4

ދިވެހި އުފެއްދުންތައް އަލީބާބާގައި ވިއްކޭނެ ގޮތް ހަދައިފި

ވިޔަފާރިތަކަށް ކުޑައަގެއްގައި ގުދަން ހަދަން ބިން ލިބޭނެ ގޮތް ފަހިކޮށްދޭނަން: ރައީސް

ހެޔޮބަދަލެއް، މުދާ ޑެމެރެޖް ނާރާ ވަގުތު 80 ގަޑިއިރު 124 ގަޑިއިރަށް، ކްލިއަރެންސް 24 ގަޑިއިރަށް

ވިޔަފާރިވެރީންގެ އުންމީދުތައް ބޭކާރުވިޔަ ނުދެއްވާނަން: ރައީސް

TTH_advertisement