ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ޗެމްޕިއަންކަން ޕާކިސްތާނަށް

ފުރަތަމަ ފަހަރަށް ބޭއްވި ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފިއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބޭއްވި މި މުބާރާތް ކުރިއަށްދިޔައީ ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މި މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުނުއިރު، މި މެޗު ޕާކިސްތާނުން ކާމިޔާބުކުރީ ސްރީ ލަންކާ އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕާކިސްތާނުން ގެންދިޔައީ 26-18 އަދި 28-18 އިންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދިއިރު، ރާއްޖެއިން ވަނީ 2-1 ސެޓުން ބަންގްލަދޭޝް ބަލިކޮށް ލޯ މެޑެލް ހާސިލުކޮށްފައެވެ. އަދި ރޭންކިން މެޗުގައި 2-1 ސެޓުން ދެކުނު އެފްރިކާ ބަލިކޮށް ފަސްވަނަ ހޯދީ އިންޑިއާއިންނެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

ދިވެހި ޤައުމީ އަންހެން ވޮލީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ވިމެންސް ކާވާ ކަޕްގެ ފައިނަލަށް ރާއްޖޭގެ ޤައުމީ އަންހެން ވޮލީ ޓީމު ދަތުރުކޮށްފި