ކުއްލި ޚަބަރު

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ނާލާފުށިން 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

422809 7bd3e500 b

ނާލާފުށީ ބިންހިއްކާއިރު މިހާރުގެ ރަށުގެ ސައިޒަށްވުރެ އިތުރަށް، ފަނަރަ ހެކްޓަރުގެ ބިން ހިއްކައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މ. ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި، ނާލާފުށީގައި ބަނދަރުބޮޑުކުރުމާއި ބިންހިއްކުމާއި ކޯޒްވޭގެ މަސައްކަތް ކުރިއަށް ގެންދާނީ އެއްކުންފުންޏަކުންކަން ފާހަގަކުރައްވައި ވިދާޅުވީ، ބަނދަރުބޮޑުކުރުމާއި ބިންހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން މިއަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި ފެށޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މ. ނާލާފުށި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި، އެރަށުގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ދެމެދު ވަނީ ސޮއިކުރައްވާފައެވެ.

ރަށުގެ ތަރައްޤީއަށް ކުރަމުންދާ އެހެން ކަންކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިރާސީ އާ އަހަރަށް ރަށުގެ ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނެކަމަށެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރުމާއި ފުޓްސަލް ދަނޑެއްހެދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އެމަނިކުފާނުވަނީ ނާލާފުށީގެ ރައްޔިތުންގެ ތަރަޤީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތައް ރައްޔިތުން އުއްމީދުކުރާވަރަށް، ފުރިހަމަކަމާއި އެކީ ޙާސިލްކޮށްދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، މ. ނާލާފުށީގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، އައު ކައުންސިލް އިދާރާގެ އިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ރަށްރަށާ ކައިރީގައި ސަފާރީ ބޭއްވުން މަނާކުރަން ރައީސް ނިންމަވައިފި

ރައީސް ވިދާޅުވީ މި މަސް ތެރޭގައި 96 މަސާޖުޕާލާއެއް ބަންދުކޮށްފައިވާ ކަމަށް

990

ރައްޔިތުން އެދުނުގޮތަށް އަމިއްލަ ތަންތަނުން ހަދާ އައިނުތަކަށް ވެސް އާސަންދަ ދޭން ނިންމައިފި

Image 20

ޚާލިދާ ޒިޔާ އަވަހާރަވުމުން ރައީސް ތައުޒިޔާ ފޮނުއްވައިފި

TTH_advertisement