ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

މަސްކިލޯއެއް 20 ރުފިޔާއަށް ހެދުމުގެ މަސައްކަތް އެބަކުރަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި ބޭނުންވަނީ މެދުނުކެނޑި އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެމަނިކުފާނު ވިދާޅުވެެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދިއްގަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެފަދަ ވައުދުތަކަކީ ހަމަހުރެފައި ފުއްދޭނެ ވައުދުތަކެއް ނޫން ކަމަށްވާތީ އެމަސައްކަތް މިހާރުވެސް ބާރު ސްޕީޑެއްގައި ކުރައްވަމުން ގެންދަވާ ކަމަށެވެ.

“ދެން އަޅުގަނޑުވީ އެންމެ މުހިންމު އެއް ވައުދު 20 ރުފިޔާގެ ވައުދު، އެއީވެސް ހަމަ ސަސްޓެއިނަބަލްކޮށް މެދުނުކެނޑި ކުރިއަށް ގެންދަން ބޭނުންކަމެއް، ހަމަ ނަމެއްގައި މާދަމާއިން ފެށިގެން 20 ރުފިޔާއަށޭ ބުނީމަ އަދި އެކަމެއް ނުވާނެ. އެކަން ހާސިލްކުރުމަށްޓަކައި މިދަނީ ވަރަށް ގިނަ މަސައްކަތްތަކެއް އިންޑަސްޓްރީ ތެރޭގައި މިނިސްޓްރީންނާއި މިފްކޯ އާއި ކަމާގުޅޭ ހުރިހާ ފަރާތްތަކާއެކުގައި ސަރުކާރުން މިދަނީ މަސައްކަތް ކުރަމުން،” މަސްވެރިންނަށްވީ ވައުދުތައް ފުއްދަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރުގެ ތެރޭގައި ދޭނެ ކަމަށް ވީ ވައުދު މިހާރު ފުއްދާފައިވާކަން ފާހަގަކުރައްވައިފައެވެ.

އަދި މަސްވެރިކަމާބެހޭ އިތުރު ވައުދުތައް ފުއްދުމުގެ މަސައްކަތް ވެސް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އެސްޓީއޯ ރޭޓުގައި ހުރިހާ ހިސާބަކުން ތެޔޮ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދިއްގަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ އެހެން ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަވެސް ފާހަގަކުރެއްވިއެވެ. އެގޮތުން އެރަށު ހޮސްޕިޓަލްގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވިކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އެރަށުގައި ފަށާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ 75 ހައުސިން ޔުނިޓުގެ މަސައްކަތް ނިމެންވާއިރަށް އިތުރު 75 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

އަދި އަންނަ އަހަރު ކުރީކޮޅު އެރަށު ބަނދަރު އިތުރަށް ބޮޑުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށު ސްކޫލްގައި 9 ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލެއް ހިމެނޭ އާ އިމާރާތެއްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން އެރަށު ފުޓުބޯޅަ ދަނޑާއި ފިޓްނެސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށްވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ކުނބުރުދޫއަށް ވަޑައިގެންފި

އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

މަހިބަދޫ މަގުތައް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހި ރައީސް ފައްޓަވައިދެއްވައިފި

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

TTH_advertisement