ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާން ޚަޠީބުންނާއި އިމާމުންގެ ޤައުމީ ކޮންފަރެންސެއް ބާއްވަނީ

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި އެއް ހާސް ބައިވެރިން ތަމްރީނުކޮށް ނިމުމުން ޒުވާން ޙާފިޒުންނާއި ޒުވާން އިމާމުންނާއި ޚަޠީބުންގެ ޤައުމީ ކޮންފަރެންސެއް ބޭއްވުމަށް ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

މިކަން އިޢުލާން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އަމާޒަކީ 2026 ގައި އެކަން ޙާޞިލްވުންކަމަށާއި މިވަގުތާ ހަމައަށް 500 ޒުވާން ޚަޠީބުންވަނީ ދަސްވެނި ވެފައިވާކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މި ކޮންފަރެންސް ބާއްވާނީ އަންނަ އަހަރުގައި، ރާއްޖެ އިސްލާމްވީ ދުވަސްކަމަށް ފާހަގަ ކުރާ ދުވަހުކަމަށާއި އެ ދުވަހަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ ދުވަސްކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަކީ އިސްލާމީ ވުޒާރާގެ އެންމެ މަތިވެރި އެއް ޢަޒުމު ކަމަށާއި ރާއްޖޭގައި ޒުވާން ވަރުގަދަ، ރިވެތި އަޚުލާޤުން ޒީނަތްތެެރިވެފައިވާ އިސްލާމީ ޒައާމަތެއް އުފެއްދުމަކީ މިރާއްޖެ އިސްލާމީ ޙަޟާރަތުގެ އަސާސްގެ މަތީގައި ތަރައްޤީވެގެންދާނެކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ. މީގެ އިތުރުން ޒުވާން ޚަޠީބުންގެ ފެންވަރު ރަނގަޅުކޮށް ލީޑާޝިޕް ހުނަރު އަށަގެންނެވުމަށް އިސްލާމިކް ލީޑާޝިޕް ވޯކްޝޮޕެއްވެސް ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ