ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމުކުރުމަށް ހަވާލުކޮށްފި

112

ފ. ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމު ކުރުމަށް އެސްޓީއޯ އާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ހަތަރު އަތޮޅަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ފ. އަތޮޅުގެ ނިލަންދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެގޮތުން ފިއުލް ސްޓޯރޭޖް އެޅުމަށް އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ސިމާދު އިބްރާހިމެވެ. އަދި އިޝާން އިވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރު، އުއްމު ކުލްސޫމެވެ.

މި މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ހާއްސަ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓް ގައި ތެޔޮ ލިބޭނެ ނިޒާމު ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

“އެސްޓީއޯ އާއި ހަވާލު ކުރެވުނު މަޝްރޫއުގެ ތެރެއިން ކަނޑައެޅިފައި ހުރި ހުރިހާ ރަށެއްގައި ފިއުލް ސްޓޯރޭޖްތައް ގާއިމް ކުރުމަށްޓަކައި ރާއްޖޭން ބޭރުގެ ބަޔަކާއި ހަވާލު ކޮށްގެން ރީފެބްރިކޭޝަން މަސައްކަތް ކުރިއަށް ގެންދަނީ. މިހާރު ގާތް ގަނޑަކަށް ނިމުމަކާއި ހަމައަށް ގޮސްފައި ވަނީ، ނޮވެމްބަރު މަސްތެރޭގައި ޑެލިވާ ކުރެވިގެން އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ” ރައީސް ވިދާޅުވިއެވެ.

މިހާރު ތާވަލް ކުރެވިފައި އޮތް ގޮތުން މިއަންނަ އަހަރުގެ މާޗް މަހާއި ހަމައަށް ދާއިރު އަތޮޅަކުން މަދުވެގެން އެއް ރަށުގައި މި މަސައްކަތް ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެސްޓީއޯ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި

ކުރިއަށް އޮތް ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފަހައްޓާނެ: ސައީދު

Big gelqcbsqoju8crpj9hmjl4oo0

އެސްޓީއޯ ރަމަޟާން ބާޒާރުގެ ބޮޑު އިނާމަކަށް 100،000 ރުފިޔާ

Ii

މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ފުރަތަމަ ފިއުލް ޝެޑް ދުވާފަރުގައި ރައީސް ހުޅުއްވައިދެއްވައިފި

TTH_advertisement