ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލާގައި ޝަހީބާއެކު 6 މީހަކު އުމުރަށް ޖަލަށް

ރާއްޖެއަށް ޑްރަގް އެތެރެކުރި މައްސަލައިގައި ޝަހީބު އިބްރާހިމާއެކު 6 މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ރާއްޖެއަށް މި ފަހުން ފެންމަތިވި ޑްރަގްގުގެ އެންމެ ބޮޑު މައްސަލައެވެ.

އޮކްޓޯބަރ 2020 ގައި ޝަހީބު ހިމެނޭހެން 7 މީހަކު ހައްޔަރުކުރީ ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައެވެ. އެއަށްފަހު އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓިއެވެ. އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލާފައިވެސްވެއެވެ.

މި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މީހުން:
ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހިމް
ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ
ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު
ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން
ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އިގުބާލް
ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ރިޔާދު

މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިސް 10 އަހަރުގެ ޖަލު ޙުކުމެއް

TTH_advertisement