ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީއަލީގައި އާ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފި

Whatsapp image 2025 09 20 at 18.11.11
STO_Ads
TTH_Ads
Advertisement

ފ. ފީއަލީގައި އާ މިސްކިތެއް ބިނާ ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާ ދެމެދު ސޮއިކޮށްފައިވާއިރު ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަމީން މުޙައްމަދުއެވެ.

ފ. ފީއަލީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

HajjCop_ads
Advertisement

މި މިސްކިތް ނިމޭއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު