ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

”ދާރުއްސަލާމް“ އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

Mal

ހުޅުމާލޭގައި ތަރައްޤީކުރާ ވަޤުފް ޢިމާރާތް، ”ދާރުއްސަލާމް“ އަޅައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި މަަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު“ ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ކެޓަގަރީގެ ފަރާތްތަކަށް އެކަނި ކަމަށެވެ.

އެ މިނިސްޓްރީން މި މަސައްކަތް ކުރަން ހުޅުވާލާފައި ވަނީ ބިލްޑު އެންޑް މެއިންޓަނަންސް ހިމެނޭގޮތަށެވެ.

އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 22 ވާ ހޯމަ ދުވަހުގެ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރީކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިއީ ރާއްޖޭގައި ތަރައްޤީކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު ވަގުފު އިމާރާތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި