ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންހެނުން ހައްޔަރުކުރުމުން ޝަހީބު ފުލުހުންނާއި ހަވާލުވެއްޖެ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު އިބްރާހިމް ޝަހީބު އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް މިރޭ ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފި އެވެ.

ޝަހީބު ފުލުހުންގެ އިދާރާ އަށް ހާޒިރުވީ އޭނާގެ އަންހެނުން މ. ކަރާދުބުރިގެ އާއިޝަތު ވަހީދާ، ހައްޔަރުކުރުމުންނެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ޝަހީބު އަންހެނުން ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބު ފިލުވުމަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭތީ އެވެ. ޝަހީބު އަންހެނުން އާއިޝަތު ވަހީދާ ހައްޔަރުކުރަން އަމުރުކުރީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމާއި ހެކި ފޮރުވައިގެން ނުވަތަ ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިގެން ކަމަށް އަމުރުގައި ބުނެފައިވެއެވެ.

HajjCop_ads
Advertisement

ފުލުހުން ޝަހީބުގެ އަންހެނުން ހައްޔަރުކުރުމާ އެކު، ޝަހީބު ވަނީ ފުލުހުންގެ އިދާރާ އަށް ގޮސް އަމިއްލައަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައެވެ. އަދި އޭނާ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައި ދައުވާ ލިބޭ ޝަހީބުގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތަށް ހާޒިރު ނުވެ ފިލައިގެން އުޅޭތީ އޭނާ ހޯދަން މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ އިއުލާންކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި