ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ކަނޑައެޅުއްވި މުޙައްމަދު ލުވޭޒު، ސަފީރުކަމުގެ ފަތްކޮޅުއަރުވައިފި

ދިވެހިރާއްޖެއިން ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، މުޙައްމަދު ލުވޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ދަ ކޮމަންވެލްތް އޮފް އޮސްޓްރޭލިއާގެ ގަވަރނަރ-ޖެނެރަލް ސަމާންތާ ޖޯއި މޮސްޓީން އޭ.ސީއަށް އަރުވައިފިއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު މުޙައްމަދު ލުވޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރޭލިއާގެ ގަވަރނަރ-ޖެނެރަލަށް އެރުވީ، ކެންބަރާގެ ގަވަރންމަންޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ލުވޭޒުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް ސަމަންތާ މޮސްޓީނަށް އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމު ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަފީރު ލުވޭޒްގެ އަރިހުގައި ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ، އާމިނަތު ލަމްޙާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ލުވޭޒް ޢައްޔަން ކުރެއްވީ 3 މާރޗް 2025 ގައެވެ. ސަފީރު ލުވޭޒު މިހާރު ހުންނެވީ ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޮސްޓްރިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ޑެންމާކަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

majilis

ތިން ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރަން ރުހުންދީފި

ބޫޓާނަށް ކަނޑައެޅުއްވި ސަފީރު ޝިއުނީން، ރަސްގެފާނަށް ފަތްކޮޅު އަރުވައިފި