ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ކާށިދޫން ތިން ތަނެއް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ކ. ކާށިދޫން ތިން ތަނެއް ބަންދުކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކާށިދޫގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، އެ ރަށުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހުން އަދި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކާށިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

HajjCop_ads
Advertisement

އެ ރަށު މަގުމަތިން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 9.27 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.

މާލެއިން ކާށިދޫއަށް މަސްތުވާތަކެތި އެތެރެެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އިއްޔެ ހައްޔަރުކުރީ މާލެ / މ. ނަލަހިޔާމަންޒިލް، ހަސަން މުނާޒް (40އ) އާއި މާލެ / މ. ބިންއުނިމާގެ، އިބްރާހީމް ޒައިދު (46އ) ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި