ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަމަހާގެ ސަރވިސް ސެންޓަރެއް ކުޅުދުއްފުށީ ސިޓީ ޕޯޓުގައި އަޅަނީ

STO_Ads
TTH_Ads
Advertisement

ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ، މިއަދާއި ހަމައަށް ޕޯޓުން ކުރަމުން އައި މަސައްކަތަކީ ކޮންޓެއިނަރ ރާއްޖެ ގެނެސް ކަނޑާ ވިޔަފާރި ބަނދަރަށް ބޭރުކުރުންކަމަށެވެ.

HajjCop_ads
Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޕޯޓުތައް އިތުރުވުމުން ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކް މަސައްކަތްތައް ފެށުމާއި ކަނޑާއި ގުޅިފައިވާ މަސައްކަތް ފުޅާކުރަން ހިމެނޭކަމަށެވެ.
މި މަސައްކަތް ވެގެންދާނީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރެވިގެންދާ މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

“އުތުރުގައި އަޅުގަނޑުމެން ޕޯޓްގެ މަސައްކަތް ފެށިއިރުގައި ވަރަށް މުހިންމު ކޮންޕޯނެންޓެއް މަދުވެގެން އެބަދޭ ކުޅުދުއްފުށި ޚާއްސަކޮށް. އެއީ އަޅުގަނޑުމެންގެ ބަނދަރެއް އޮވެފައި ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ރިކުއެސްޓް އާދޭ ވަރަށް ގިނަ ތަފާތު ހިދުމަތައް އެ ހިސާބުގަނޑުގެ މީހުންގެ ފަރާތުން. އެކަމަކު އަޅުގަނޑުމެންނަށް ވާގޮތަކީ ވަރަށް ބޮޑަށް ލިމިޓްވޭ ވެއަރހައުސް އެބަހުރި. އަޅުގަނޑުމެންގެ އިންޖީނިއަރިން ސަރވިސް އެތާއެބަހުރި. އެއްގަމު އުޅަނދު ބެލެހެއްޓޭ. އެކަމަކު ކަނޑުގެ މަސައްކަތްކުރާ ކީވޯލްއެއް އޮވެފައި ކަނޑުގެ ގުޅުން އޮންނަ ބަޔަކަށްވާތީ މި ރިކުއެސްޓް އަބަދުވެސް އާދޭ އަޅުގަނޑުމެންނަކަށް” ސީއީއޯ

އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ ވިދާޅުވީ، މިކަމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، މި މަސައްކަތަކީ ގުޅިގެން ދެފަރާތުން މަސައްކަތް ކުރުމުގެ ފެށުމެއްކްމަށެވެ.

“ވަރަށް އުންމީދުތައްވެސް އަޅުގަނޑުމެންގެ ފުޅާ. މިއީ ފެށުމެއް. އަޅުގަނޑުމެންވެސް އުންމީދުކުރަނީ ދިގުދެމިގެންދާއިމީ ގުޅުމަކަށްވާނެކަމަށް” އަލާއު

ކުޅުދުއްފުށީ ސިޓީގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާއި ދެމެދު ސޮއިކޮށްފައިވާއިރު 6 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިތަނުން ޔަމަހާގެ އިންޖީނުތަކަށް އައުޓްބޯޑް ޚިދުމަތްތައް ދޭނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީ ޕޯޓާއެކު މުދާ ހޭންޑަލް ކުރާ މިންވަރު 80000އިން 390000އަށް އިތުރުކުރާނެ

Saeed

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް މުދާ ހުސްކުރާ މުއްދަތު ދެ ދުވަހަށް އަވަސްކުރަނީ

4 Suspects b3de25b0ae

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި

MPL

ޖޫން މަހު އިމްޕޯޓު އެކްސްޕޯޓުން ދައުލަތަށް 406 މިލިޔަން ރުފިޔާ