ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިސްކިތްތަކަށް ހަދިޔާކުރާ މުސްޙަފުތައް ބެހުމަށް އުއްމީދު ޖަމިއްޔާއާ ހަވާލުކޮށްފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިސްކިތްތަކަށް ހަދިޔާކުރާ މުޞްޙަފްތައް ބެހުމަށް، އުއްމީދު ޖަމިއްޔާއާ ހަވާލުކޮށްފިއެވެ. މިކަމުގެ އެއްބަސްވުމުގައި ދެފަރާތުން މިއަދުވަނީ ސޮއިކޮށްފިއެވެ.

އިސްލަމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މުސްޙަފް ބޭނުންވެގެން ގިނަ ކައުންސިލްތަކަކުން އެދެމުންދާކަމަށެވެ. އެހެންކަމުން އުއްމީދު ޖަމިއްޔާ މެދުވެރިކޮށް، މި ރަށްތަކަށް މުސްޙަފު ބެހުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިސްކިތްތަކަށް ހަދިޔާކުރުމަށް ކައުންސިލްތަކަށް ފޮނުވަމުންދާނީ ސަޢުދީން ރާއްޖެއަށް ހަދިޔާކޮށްފަވާ މުސްޙަފްތައް ކަމަށެވެ.

މިއަހަރުގެ އޭޕްރިލް މަހުވެސް ސަޢުދީއިން ރާއްޖެއަށް ވަނީ 25000 މުސްޙަފް ހަދިޔާކޮށްފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ. އަދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކާ، ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. ސަޢުދީއިން ވެދެއްވަމުންދާ މިފަދަ އެހީގެ ސަބަބުން، ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ސައުދީން ހަދިޔާކުރި މުސްޙަފްތައް އަލަށް ހުޅުވި މިސްކިތްތަކަށް ހަދިޔާކޮށްފި

767

ފްލައިޓެއް ޗާޓަރުކޮށް، ނުފުރިތިބި 164 މީހުން ޢުމްރާއަށް މިރޭ ފުރުވާލަނީ

Mussss

ހަނގުރާމައާ ގުޅިގެން ދިވެހި އުމްރާވެރިން ސަމާލުވުމަށް އިލްތިމާސްކޮށްފި

98

ސައުދީން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި