ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ ނައިބު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަޤާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫމިިނާ ވަހީދުގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. އެ މަޤާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ އެކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މުޙައްމަދު ޝަފީޤް މަޙްމޫދުގެ ނަންފުޅެވެ.
މުހައްމަދު ޝަފީގު މަހުމޫދަކީ މީގެ ކުރިން ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯގެ މަގާމާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، އައިޖީއެމްއެޗްގެ ޑިޕިއުޓީ ޑިރެކްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރުކަން ކުރެއްވިއެވެ. ހަމައެއާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ޝަފީގު ފުރުއްވާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު