ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިލަފުށީގައި ލޮރީގެ ދަށުވި ބިދޭސީމީހާ މިހާރު އޮތީ އައިސީޔޫގައި

Igmh
އައިޖީއެމްއެޗް — ފޮޓޯ: ޕީއެސްއެމް

ކ. ތިލަފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ލޮރީއެއްގެ ދަށުވެގެން ބޮޑެތި އަނިޔާތަކެއް ލިބުނު 53 އަހަރުގެ ސްރީލަންކާ ރައްޔިތަކު މިހާރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

ފުރަތަމަ ފަރުވާ ދިނުމަށްފަހު ހުކުރު ދުވަހު ވޯޑަށް ބަދަލުކޮށްފައިވީ ނަމަވެސް، އޭނާގެ ހާލަތު ގޯސްވުމުން އިތުރު ފަރުވާދިނުމަށްޓަކައި އައިސީޔޫއަށް ބަދަލުކުރަން ޖެހިފައިވާކަމަށް އައިޖީއެމްއެޗުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލާއި މިހާރުގެ ހާލަތުގެ މައުލޫމާތު ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

ފުލުހުން ހާމަކުރި މައުލޫމާތުގައި ވާގޮތުން، މި ހާދިސާ ހިނގީ އެކްސްކެވޭޓަރެއް ކައިރީގައި އެ ބިދޭސީ މީހާ މަސައްކަތް ކުރަމުން ދަނިކޮށް ލޮރީއަކުން ޖެހި ވެއްޓުމުން، ލޮރީ އޭނާގެ ގައިމަތިން ދިޔުމުންނެވެ.

މި މައްސަލައިގައި ލޮރީ ދުއްވި 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަޑުރާއީ ހައްޔަރުކޮށް، އެކްސިޑެންޓުން ބޮޑެތި އަނިޔާތަކެއް ލިބުނު މީހާ މަޑުނުކޮށް އެތަން ދޫކޮށް ފިލުމުގެ ތުހުމަތު ފުލުހުން ކުރިއެވެ. އެހެންނަމަވެސް ފުލުހުންގެ ތުހުމަތު ސާބިތުކުރާނެ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައިނުވާތީ، ކޯޓުން ވަނީ އެއްވެސް ޝަރުތަކާ ނުލައި ވިގްނޭޝް ދޫކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސްފި

Igmh

އައިޖީއެމްއެޗަށް “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ތަޢާރަފުކޮށްފި

WhatsApp Image 2026 03 07 at 00.18.07

ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކަށް ފަރުވާދެނީ

Laamu link road

ލާމު ލިންކުގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެެއްޖެ