ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެޔޮ ބިންގާ އަދި ވުޒާރާ ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށް ޚާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި

ހެޔޮ ބިންގާ ޖަމްޢިއްޔާ އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުޑަކުދިންނަށް އަމާޒުކޮށް ‘އެހީވާނީ ކާކު؟’ މި މަޢުޟޫއުއަށް ޚާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގުރާމު ނަންގަވައިދެއްވީ އައްޝައިޚް ޖައުފަރު ފާއިޒްއެވެ. މި ޕްރޮގުރާމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކުދިންނަށް އެހީތެރިވުމާއި ގުޅޭ ގޮތުންނެވެ. އެގޮތުން މައިންބަފައިންގެ އިތުރުން ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާއި އެހީވާން ޖެހޭނެކަމާއި ކުދިން ހިތްހަމަ ނުޖެހޭ ކަންކަން ކޮށްގެން ނުވާނެކަން ވަނީ ބުނެދެއްވާފައެވެ. މީގެ އިތުރުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ޞަޙާބީންގެ އެހީތެރިކަން ފޯރުވުމުގައި ދެއްކެވި ނަމޫނާއާއި ގުޅޭ ވާހަކަތަކާއި އެހިތެރިވުމަށް ކުދިންނަށް ކުރެވޭނެ ކަންކަންވެސް ކިޔައިދެއްވާފައިވެއެވެ.

މި ޕްރޮގުރާމުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ