ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

ޔަމަނުގެ ހޫޘީން އިސްރާއީލުގެ ޖައްފާއަށް ވަރުގަދަ ވައިގެ ހަމަލާއެއް ދީފި

އިސްރާއީލުގެ ތެލް އަވީވް: އެންމެން ނިދަން ތިއްބައި މިސައިލް ހަމަލާގެ އިންޒާރާއެކު ޖެހުނީ ބިންގަރާސްތަކަށް ވަދެ ފިލަން

ޔަމަނުގެ ހޫޘީން އިސްރާއީލުގެ ޖައްފާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ހޫޘީ އަސްކަރިއްޔާ، އަންސާރުﷲ ގެ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ، ޖައްފާއަށް ހަމަލާދިނީ “ޕަލެސްތައިން-2” ހައިޕަރސޮނިކް ބެލިސްޓިކް މިސައިލުން ކަމަށެވެ.

މިއީ، އެތައް ވޯރހެޑް އުފުލޭ ކްލަސްޓަރ ބޮމުގެ ހަމަލާ ދިނުމުގެ ގާބިލްކަން ލިލބިފައިވާ މިސައިލެވެ.

ހަމަލާތައް އަމާޒު ކުރެވުނީ، ޖައްފާއި ހުރި “ނާޒުކު” ތަންތަނަށް ކަމަށާއި، ހަމަލާތައް އޭގެ އަމާޒަށް ވާސިލްވެ ކާމިޔާބުވި ކަމަށް، ޔަހްޔާ ސަރީ ވިދާޅުވެފައި ވެއެވެ.

ކްލަސްޓަރ ބޮމަކީ، ވައިގެތެރޭގައި ރޫޅި ބޮޑު ސަރަހައްދަކަށް އެއްފަހަރާ ހަމަލާދެވޭ ބޮމެވެ. އޭގެ ބޮންތައް އުފުލާ ބެލިސްޓިކް މިސައިލް ހޫޘީން ބޭނުން ކުރަން ފެށުމުން އިސްރާއީލުގައި ބޮޑެތި ކަންބޮޑުވުންތައް ކުރިންވެސް އުފެދިގެން ގޮސްފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހޫޘީން މިއަދު ދިން ހަމަލާގައި ޖައްފާގެ އެތައް ހިސާބެއްގައި ބާރުގަދަ ގޮވުންތައް ގޮވާފައި ވެއެވެ.

ނުރައްކާ އަންނަ ކަމުގެ އިންޒާރާއެކު، ޖައްފާއާއި، ތެލް އަވީވްގެ މިލިއަނަކަށްވުރެ ގިނަ މީހުން ބިންގަރާސްތަކަށް ވަދެ ފިލާފައި ވެއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން އާދައިގެމަތިން ބުނެފައިވަނީ، ހޫޘީން ފޮނުވާލި މިސައިލް އެމީހުން ވައްޓާލި ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ހޫޘީންވަނީ އިސްރާއީލުގެ ދެކުނުގައި އޮންނަ ރާމޮން އެއަރޕޯޓަށް ބެލިސްޓިކް މިސައިލް ހަމަލާއެއްދީ ބޮޑެތި ގެއްލުންތައް ދީފައެވެ.

ޔަމަނުގައި ވެރިކަން ކުރާ ހޫޘީން ބުނަމުން ގެންދަނީ، އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނު ހުއްޓާލައި، ޣައްޒާއަށް އިންސާނީ އެހީ ހުއްޓުމެއްނެތި އެތެރެކުރަންދެން ހަމަލާތައް ދޭނޭ ކަމަށެވެ.

ހޫޘީން އިސްރާއީލަށް ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، އިސްރާއީލަށް ކަނޑުމަގު އޮތީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement