ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށްފި

Mal
STO_Ads
TTH_Ads

މާލޭގައި ގަވާއިދާ ޚިލާފަށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މޮނު ހައުލޭޑަރ (47އ) އާއި ސަކީބް މިއާ (25އ) ކަމަށާއި، މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް ދެމީހުން ކަމަށެވެ.

މިގޮތުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުން ހުއްޓުވައި ބަލައިފާސްކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 317 ފުޅި ބަނގުރަލާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ.

HajjCop_ads

މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

އޭޕްރީލުމަހު އެކަނިވެސް ސްކޭމްގެ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

މަނާތަކެތި މާފުށީ ޖަލަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. އަތޮޅުން ދެމީހުން ހައްޔަރުކޮށްފި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ