ކުއްލި ޚަބަރު

ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު އެތެރެކުރުމުގެ ވިސްނުން އެބަހުރި: ޝިމާދު

ޝަރީއަތުގައި އޮތް މައްސަލައެެއްގެ ހެކީންނަށް ނުފޫޒުފޯރުވި މީހަކު ހައްޔަރުކޮށްފި

ކާށިދޫ ފަޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު އެތެރެކުރުމުގެ ވިސްނުން އެބަހުރި: ޝިމާދު

Mal

ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު އެތެރެކުރުމުގެ ވިސްނުން އެބަހުރިކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިމާދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ ގުޅިގެން ކާބޯތަކެތި އެތެރެކޮށް ހެޔޮ އަގެއްގައި ވިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތި އުފައްދައިގެން ވިއްކުމުގެ ވިސްނުން އެބަހުރިކަމަށް ޝިމާދު ވިދާޅުވިއެވެ.

މީގެއިތުރުން ދުރު ރާސްތާއަށް ވިސްނާއިރު، ބޭރު ގައުމުތަކުން ބިން ހޯދައިގެން ކާބޯތަކެތި އުފެއްދުމަށްފަހު ރާއްޖެ އެތެރެކުރުމުގެ ވިސްނުން އެބަހުރިކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.

“ފާޓިލިޓީ ހުރި މިންވަރަށް ބަލާފައި އެބަހުރި ރާއްޖޭގައި ހެއްދިދާނެ ތަކެތިވެސް. ކުކުޅު ފާމުތައް ހަދައިގެން ބިސް ފޯރުކޮށްދެވިދާނެ.” ޝިމާދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ.

ޝިމާދު ވިދާޅުވީ އެސްޓީއޯއިން އެ ތަކެތި އެތެރެކުރަނީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ނޫންކަމަށާއި އެކަމަށް ބޭނުންވާ ޑޮލަރު އެސްޓީއޯއިން ކުރާ ވިޔަފާރިތަކުން ލިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ޝަރީއަތުގައި އޮތް މައްސަލައެެއްގެ ހެކީންނަށް ނުފޫޒުފޯރުވި މީހަކު ހައްޔަރުކޮށްފި

Mal

ކާށިދޫ ފަޅުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

Mal

އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ފިޔޯރީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި

TTH_advertisement