ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ޔަމަނަށް ބޮންއެޅުމުން ހޫޘީން ބެލިސްޓިކް މިސައިލް ހަމަލާއަކުން ރައްދުދީފި

އިސްތިއުމާރީ އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަންޢާއަށް ބޮން އެޅުމުން، ރައްދުގައި ހޫޘީން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފިއެވެ.

ޔަމަނުން މިސައިލް އުދުއްސާލުމާއެކު އިސްރާއީލުގެ ދެކުނުގެ ރަށްތަކުގައި ނުރައްކަލުގެ އިންޒާރު ޖަހާފައި ވެއެވެ.

އިސްރާއީލު ސިފައިން ފަހުން ބުނެފައިވަނީ، ހޫޘީން ފޮނުވާލި މިސައިލް އެމީހުން ވައްޓާލި ކަމަށެވެ. މިއީ، އާންމުކޮށް އެމީހުން ހަދާ ދޮގުގެ ސިލްސިލާގެ ބައެކެވެ.

އިސްރާއީލަށް ދިން މިސައިލް ހަމަލާއާ ގުޅޭގޮތުން ހޫޘީންގެ ފަރާތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ހޫޘީން މިފަހުން ދޭންފެށި ބެލިސްޓިކް މިސައިލް އަދި ޑްރޯން ހަމަލާތައް އިސްރާއީލުގެ އެއަރޕޯޓްތަކަށާއި، އަސްކަރީ ބޭސްތަކަށް އަމާޒުވެފައި ވެއެވެ.

ހޫޘީން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާއެއް މިދިނީ، އިސްރާއީލު ސިފައިންގެ ޖެޓުތަކުން ޔަމަނުގެ ވެރިރަށް ސަންޢާއަށާއި، އުތުރުގެ އަލް ޖައުފް ޕްރޮވިންސަށް ވަރުގަދައަށް ބޮންއެޅުމާ ގުޅިގެންނެވެ.

ހޫޘީ މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާގައި 35 މީހުން މަރުވެ، 131  މީހުން ޒަޚަމްވި ކަމަށެވެ.

ހަމަލާ އަމާޒުކުރީ، ހޫޘީ ސަރުކާރުގެ ޑިފެންސް މިނިސްޓްރީއަށާއި، އަސްކަރީ ކޭމްޕްތަކަށް ކަމަށް އިސްރާއީލުން ބުނި ނަމަވެސް، ހޫޘީ އަސްކަރިއްޔާ އަންސާރުﷲ އިން ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާތައް އަމާޒުކުރީ އާންމު ތަންތަނަށް ކަމަށެވެ.

އަދި ދެ ނޫސް އިދާރާއަކަށްވެސް ބޮންއެޅި ކަމަށް ބުނެފައި ވެއެވެ.

ނަތީޖާއެއްގެ ގޮތުން ހަމަލާގައި މަރުވެ އަދި ޒަޚަމްވެފައިވަނީ ނޫސްވެރިންނާއި، އަންމުން ކަމަށްވެސް ބުނެފައި ވެއެވެ.

އަންސާރުﷲގެ ތަރުޖަމާނު ޔަހްޔާ ސަރީ ވަނީ، މި ޖަރީމާގެ އަދަބު އިސްރާއީލަށް ނުލިބި ނުދާނޭ ކަމަށް ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި