ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އާ ސިޔާސަތުތަކެއް ކަނޑައަޅައިފިއެވެ.

ވުޒާރާއިން މިފަދަ ސިޔާސަތުތަކެއް ކަނޑައަޅާފައިމިވަނީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީ. މިކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާތީ، ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލުތަކެއް ހޯދުމަށެެވެ.

އެގޮތުން މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އާ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް

އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގޭ ގޮތަށް ހެދުން.
⁠އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރެވޭ ގޮތަށް ހެދުން.
⁠މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރަން ޖެހޭ ގޮތަށް ހެދުން.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hafizun

ދިވެހި37 ހާފިޒުން މި ރޯދަމަހު މާލެ ސަރަހައްދުގައި އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ: ޑރ. ޝަހީމް

“ނޫރުލް އަޒާން” މުބާރާތަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291އަށް

ބަންގި މުބާރާތް މި ފަހަރު މުޅި ރާއްޖެއަށް

TTH_advertisement