ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަމަލާ ކުށްވެރިކުރައްވައި، އިޒްރޭލަށް އަވަސް ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި

Gqhakxkx0aahccr
“ދިވެހިރާއްޖެ 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް

ސްޓޭޓް އޮފް ޤަޠަރުގެ ވެރިރަށް، ދޯހާއަށް އިޒްރޭލުން ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އިޒްރޭލުގެ ހަމަލާ ކުށްވެރިކުރައްވައި، ‘އެކްސް’ގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވަނީ، އިޒްރޭލުގެ މި ޢަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަޠަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހަމަ މިއާއެކު، ދިވެހިރާއްޖެ ދެމިއޮތީ ޤަޠަރާ އެކުގައި ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ޤަވައިދުތަކާ ޚިލާފަށް، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް، ގުޅިފައިވާ ރޫޙެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް ގޮވާލައްވާފައެވެ.

އިޒްރޭލުން ގަތަރަށް ހަމަލާދީފައިވަނީ، ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ކަމަށް އެ ގައުމުން ބުނަމުންދިޔަ ނަމަވެސް، ދުނިޔޭގެ ގައުމުތަކުން ދަނީ އެ އަމަލު ކުށްވެރިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް