ކުއްލި ޚަބަރު

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

އިސްރާއީލުން ދޯހާއަށް ދިން އުދުވާނީ ހަމަލާގައި ހަމާސްގެ ވަފުދުގެ އެއްވެސް ބޭފުޅަކު އަވަހާރައެއް ނުވޭ: ހަމާސް

ދޯހާގައި، ހަމާސްގެ ވަފުދުގެ ބޭފުޅުން ބައްދަލުވުން ބާއްވަމުންދިޔަ އިމާރާތް:

އިސްތިއުމާރީ އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ވައިގެ ހަމަލާގައި، ހަމާސްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު އަވަހާރަ ނުވާ ކަމަށް ހަމާސްއިން ކަށަވަރު ކޮށްދީފިއެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ މެމްބަރު ސުހައިލް އަލް ހިންދީ، އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަމާސްގެ ވަފުދުގެ ވެރިޔާ ޚަލީލް އައް ޙައްޔާއާއި، ވަފުދުގެ ހުރިހާ ބޭފުޅުންވެސް ސަލާމަތްވެވަޑައި ގެންނެވި ކަމަށެވެ.

ނަމަވެސް، ޚަލީލް އައް ޙައްޔާގެ ފިރިހެން ދަރިކަލުންނާއި، ޚަލީލް އަލް ޙައްޔާގެ އަރިސް މުޝީރަކު އަވަހާރަވިއެވެ. އިތުރު ތިން ހަށިފާރަވެރިއެއްގެ ޚަބަރު އަދި ނުވާކަމަށް ސުހައިލް އަލް ހިންދީ ވިދާޅުވިއެވެ.

މި ހަމަލާގައި، ގަތަރުގެ ސަލާމަތީ ބާރުގެ މެމްބަރަކު މަރުވި ކަމަށް، ގަތަރު ސަރުކާރުން ކަށަވަރު ކޮށްދީފައި ވެއެވެ.

އެންމެ މީހެއްގެ ފުރާނަ ދިއުމަކީވެސް ލިބިވަޑައިގަންނަވާ ހިތާމައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޚަލީލް އަލް ޙައްޔާއަކީ، ހަމާސްގެ ފަރާތުން ވާހަކަތަކުގައި ބައިވެރިވެވަޑައި ގަންނަވާ އެންމެ އިސް ލީޑަރެވެ.

ޚަލީލް އަލް ޙައްޔާ އާއި، ހަމާސްގެ ވަފުދު ދޯހާގައި ބައްދަލު ކުރަމުންދިޔައީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅި ޕްލޭނާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

އިސްތިއުމާރީ އިސްރާއީލުން ވައިގެ ހަމަލާ ދީފައިވަނީ، އެ ބޭފުޅުން ބައްދަލުވުން ބާއްވަމުންދިޔަ އިމާރާތަށެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ މެމްބަރު ސުހައިލް އަލް ހިންދީ ވިދާޅުވީ، އިސްރާއީލުން ދިން ހަމަލާ އަމާޒުކުރީ ހަމާސްއާއި ގަތަރަށް ނަމަވެސް، މިއީ އަރަބީންނާއި، މުސްލިމުންނާއި، މުޅި ދުނިޔޭގައި ތިބި މިނިވަން ޚިޔާލުގެ މީހުންނާ ދެކޮޅަށް ހިންގި އުދުވާނެއް ކަމަށެވެ.

ސުހައިލް އަލް ހިންދީ ވިދާޅުވީ، މިއީ ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރަން ތިބި ބަޔަކު އަވަހާރަކޮށްލަން ދެވުނު ހަމަލާއެއް ކަމަށާއި، އެހެންކަމުން، އިސްތިއުމާރީ ބާރުގެ މި ޝައިތާނީ އަމަލު މުޅި ދުނިޔެ ކުށްވެރި ކުރަންޖެހޭ ކަމަށެވެ.

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާނު ހުއްޓުވުމަށް އާރުލާ ފިޔަވަޅުތަކެއް އެޅުމަށާއި، ކުށްވެރިކުރުމަކުން އަދި ބަޔާނެއް ނެރުމަކުން ނުފުދޭ ކަމަށްވެސް ސުހައިލް އަލް ހިންދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކުރަން ސަރުކާރު ކުންފުންޏެއް އުފައްދައިފި

112

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

66

މާލޭގެ މަގުތަކަށް ކުނިއަޅާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމާ ގުޅޭގޮތުން މޭޔަރު އާޒިމް އިމިގްރޭޝަން ކޮންޓްރޯލާއާ މަޝްވަރާކުރައްވައިފި

11

އޭވިއޭޝަން ދާއިރާ ހަރުދަނާކުރަން ރާއްޖެ އާއި އިންޑިއާ އިން މަޝްވަރާކޮށްފި

ELL Mobile Advertisement TTH_advertisement