ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަމަނުން އިސްރާއީލުގެ އަސްކަރީ ބޭސްތަކާއި އެއަރޕޯޓްތަކަށް ޑްރޯން ހަމަލާތަކެއް ދީފި

އިސްރާއީލުގެ ދެކުނުގެ އީލާތުގައި އޮންނަ ރާމޮން އެއަރޕޯޓް:
STO_Ads
TTH_Ads
Advertisement

ޔަމަނުގައި ވެރިކަންކުރާ ހޫޘީން، އިސްތިއުމާރީ އިސްރާއީލަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހޫޘީން އިސްރާއީލަށް 3 ޑްރޯން ފޮނުވާލިއެވެ.

ޔަމަނުން ޑްރޯންތައް އުދުއްސާލި ޚަބަރަށްފަހު އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ނުރައްކަލުގެ އިންޒާރު ޖަހާފައި ވެއެވެ.

HajjCop_ads
Advertisement

އަދި އިސްތިއުމާރީ އަސްކަރިއްޔާއިން ފަހުން ބުނެފައިވަނީ، އެ ޑްރޯންތައް އިސްރާއީލުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަން ނަމަވެސް، އެއަރ ޑިފެންސުން ހަމަލާދީ  ވައްޓާލި ކަމަށެވެ.

ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުވަމުންދާ ވީޑިއޯ އަދި ފޮޓޯތަކުން ހާމަވެފައިވަނީ، ހޫޘީންގެ ޑްރޯން ހަމަލާތައް އިސްރާއީލުގެ ރަށްތަކަށް އަމާޒުވި ކަމަށެވެ.

އެގޮތުން، އިސްތިއުމާރީ ސިފައިންގެ ބޭސްތަކަށާއި، އެއަރޕޯޓްތަކަށްވެސް ޑްރޯން ހަމަލާތައް އަމާޒު، ތަންތަން ގޮވައި ދުން އަރަމުންދާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މިއަދުގެ ހަމަލާތައް އަމާޒުވި އެއް އެއަރޕޯޓަކީ އިސްރާއީލުގެ ދެކުނުގެ އީލާތުގައި އޮންނަ ރާމޮން އެއަރޕޯޓެވެ.

އެއަރޕޯޓަށް ދިން ހަމަލާގައި އެތައް ބަޔަކު ޒަޚަމްވިކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.

މި އެއަރޕޯޓަށް ހޫޘީން އިއްޔެވެސް ވަރުގަދަ މިސައިލް ހަމަލާއެއް ދިނެވެ. އެ ހަމަލާއާއެކު އެއަރޕޯޓުގެ ޓާމިނަލްގެ ބައެއް ގޮވައި، އެއަރޕޯޓު ބަންދުކުރަން ޖެހުނެވެ.

އަދި މަތިންދާ ބޯޓުތައް ގްރައުންޑްކޮށް، ބޭރުން އަންނަ ބޯޓުތައްވެސް ހުއްޓުވިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، އެއަރޕޯޓަށް އިއްޔެ ހަމަލާދިން ޑްރޯން އިސްރާއީލުގެ ވައިގެ ދިފާއު ފޫއަޅުވާލައި ވަދެ ހަމަލާދެވުނީ ސިފައިންނަށް ހެދުނު މިސްޓޭކަކުން ކަމަށެވެ.

ހޫޘީން ހަމަލާދިނީ ކަމިކާޒޭ ޑްރޯން ބޭނުންކޮށްގެންނެވެ. މިއީ، ހަމަލާދޭ ތަނަކަށް ޑްރޯން ވައްޓައި ގޮއްވާލައިގެން ހަމަލާދޭ ބާވަތުގެ ޑްރޯންއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި