ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައިއެޅުވި ދަރަނި އަދާކުރުމަށް ހަތް ބިލިއަނެއްހައި ރުފިޔާ ހަރަދުވެއްޖެ

finance

ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް މި އަހަރުގެ މިހާތަނަށް ހަތް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދުވެފައިވާކަން މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ހިސާބުތަކަަކީ އޯގަސްޓު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ދައުލަތުން ކުރި ހަރަދުތަކުގެ ތަފުސީލެވެ. އެ ހިސާބުތަކަށް ބަލާއިރު މި އަހަރު ދައުލަތުން ދަރަނި އަދާކުރުމަށް ކުރި ހޭދަ ނިމުނު އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

އެގޮތުން ލޯނުތައް ދެއްކުމަށް ފާއިތުވި އަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ އެ މުއްދަތުގައި ލޯނުތައް ދެއްކުމަށް އެކަނި 3.9 ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެހެންކަމުން ލޯނު ދެއްކުމަށް ކުރި ހަރަދު ނިމުނު އަހަރާ އަޅާބަލާއިރު 144 އިންސައްތަ އިތުރުވިއެވެ.

ލޯނުތައް ދެއްކުމަށް ކުރި ހަރަދުގެ އިތުރަށް އިންޓަރެސްޓު ދެއްކުމަށާއި ފައިނޭންސް ކުރުމަށް ކުރަންޖެހުނު ހަރަދުތަކާއެކު މި އަހަރު ދަރަނި އަދާކުރުމަށް ޖުމްލަ 6.7 ބިލިއަން ރުފިޔާ ހަރަދުވިއެވެ. ނިމުނު އަހަރު އިންޓަރެސްޓު އަދާކުރުމާއި ފައިނޭންސްކުރުމުގެ ހަރަދުތަކާއެކު ދަރަނި އަދާކުރުމަށް ހޭދަވީ 4.5 ބިލިއަން ރުފޔާއެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު ދަރަނި އަދާކުރުމަށް މި އަހަރު ކުރަންޖެހުނު ހަރަދު 48 އިންސައްތަ އިތުރުވެފައިވެއެވެ.

ދަރަނި އަދާކުރުމުގެ ހަރަދުތައް އިތުރުވީ ނަމަވެސް އޯގަސްޓު 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދުތައް ލިބުނު އާމްދަނީއަށްވުރެ އިތުރުވިޔަނުދީ ހިފަހެއްޓުނެވެ. ނަތީޖާއެއްގެ ގޮތުން ނިމުނު އަހަރުގެ އޯގަސްޓު މަހުގެ ފަހުކޮޅާ ހަމައަށް 5.2 ބިލިއަން ރުފިޔާއިން ޑެފިސިޓުވި ބަޖެޓު މި އަހަަރުގެ އެ މުއްދަތުގައި 536 މިލިއަން ރުފިޔާއިން އަރަނިވެރިވިއެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ބަޖެޓު ޑެފިސިޓެއް ނެތްއިރު ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް 15 އިންސައްތައިން ދަށްކުރެވިފައިވެއެވެ. ހަަރަދުތައް ކުޑަކުރެވުނުއިރު ނިމުނު އަހަރު ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވިކަން މާލީ ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން މާލީ ޙާލަތަށް ބޮޑު ކުރިއެރުމެއް

ދަރަނީގެ މައްސަލަ ހައްލުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ޒަމީރު

90 ދުވަހަށްވުރެ ގިނަދުވަސްވީ ހުރިހާ ފައިސާއެއް ދައްކައިފިން: ޒަމީރު

Dsc 0850

މަސައްކަތުގެ ނަތީޖާ ތަކާއި ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ޤާއިމްކުރެވޭނެ: މާލީ ވަޒީރު

TTH_advertisement