ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލާނީ

STO_Ads
TTH_Ads
Advertisement

ގދ. ތިނަދޫގައި ތަރައްގީކޮށްފައިވާ 200 ހައުސިންގ ޔުނިޓް ލިބޭ މީހުން ހޮވުމަށް ހައުސިންގ ސްކީމެއް ކަނޑައަޅާ “ހިޔާވެހި” ޕޯޓަލްގެ ތެރެއިން މިމަހު 7ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

އިމާރަތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު އާންމުކޮށްފައެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒަރާއިން ވިދާޅުވީ ތިނަދޫގައި ތަރައްޤީކޮށްފައިވާ 200 ރޯހައުސްއަށް އެދުމުގެ ފުރުޞަތު މިމަހުގެ 7ވަނަ ދުވަހު ހުޅުވާލާނެކަމަށެވެ. އަދި ރޯހައުސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ މަހުގެ 7ވަނަ ދުވަހާހަމައަށް ހުޅުވާލާނެކަމަށެވެ. ރޯހައުސްއަށް އެދި ހުށަހަޅާނީ ހިޔާވެހި ޕޯޓަލް hiyaavehi.housing.gov.mv މެދުވެރިކޮށެވެ.

HajjCop_ads
Advertisement

ތިނަދޫގައި ތަރައްޤީކޮށްފައިވާ ރޯ ހައުސްތައް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލުގައި ވާގޮތުން މި ރޯ ހައުސްތަކަށް ކުރިމަތިލެވޭނީ ތިނަދޫގެ ރަށްވެއްސެއް ނުވަތަ ތިނަދޫއަށް ހުޖުރަކޮށް އެރަށުގައި މެދުނުކެނޑި ދިރިއުޅޭތާ 10 އަހަރުވެފައިވާ މީހުންނަށެވެ. އަދި ދިވެއްސަކަށް ވުމާއެކު އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

ރޯހައުސްއަށް އެދޭ ފަރާތަކީ އެއްމެދު އިމާރާތަކުން 600 އަކަފޫޓުގެނުވަތަ އެޔަށްވުރެ ބޮޑު ތަނެއް ގަނެފައިވާ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އަދި އެހެން ރަށަކުން ބޯހިޔާވަހިކަމުގެ މަޝްރޫއުއެއްގެ ދަށުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

މި ނޫނަށް މި އުޞޫލްގައި ގިނަ ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. މި އުޞޫލްގެ ދަށުން ޕޮއިންޓް ދިނުމުގެ މިންގަނޑު ތަރުތީބު ކުރުމުގައި އާޢިލާގެ ކުޑަބޮޑު މިނަށާއި ދިރިއުޅުމުގެ ޙާލަތަށް ބަލާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތް ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތް ނުވަތަ އިޖުތިމާޢީ ރައްކައުތެރިކަން ބޭނުންވާ ފަރާތް ނުވަތަ ޝަރުޢީގޮތުން ނުވަތަ ޤާނޫނީގޮތުން ހަވާލުކޮށްގެން ބަލަހައްޓަމުން އަންނަ ފަރާތް ނުވަތަ މައިންބަފައިން ބަލަހައްޓަމުން އަންނަ ފަރާތްތަކަށް ބަލާނެއެވެ.

ރޯހައުސްއަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތައް ބަލައ،ި ރޯހައުސްއަށް އެދި ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓްކުރާނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނުވަތަ އެ ވުޒާރާއިން ކަނޑައަޅާ އިދާރާއަކުން ނުވަތަ ކޮމިޓީއަކުންނެވެ.

ތިނަދޫގައި އިމާރާތް ކޮށްފައިވާ 200 ރޯހައުސްއަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ އިޢުލާންކުރީ މިއަހަރުގެ ޖެނުއަރީމަހުގައެވެ. އެހެންނަމަވެސް ތިނަދޫ ކައިންސިލުން އެކަމަށް އިޢުލާން ކުރީ ގެދޮރުވެރިކަމަ ބެހޭ ވުޒާރާގެ ހުއްދަނުހޯދާ ކަމުން އެ އިޢުލާން ބާތިލްކުރިއެވެ.

ތިނަދޫގައި 200 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ. މިއީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށްފި

43

1000 ހައުސިންގ ޔުނިޓުގެ މަސައްކަތް ދިވެހި ކުންފުނިތަކާ ހަވާލުކުރަނީ

43

ތަކުރާރުކޮށް އެދުމުން ވެސް ސިޓީ ކައުންސިލުން ދަނީ މާރުކޭޓް އަޅާ ބިން ހަވާލުކުރަން ދެކޮޅު ހަދަމުން: ހައުސިން މިނިސްޓްރީ

Igmh

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު: ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތް ފަށައިފި