ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފި

majilis

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް އާންމުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ކުރިން ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރު ހުވާކުރި އައު މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭނީ މިދިޔަ އޮގަސްޓް މަހުގެ 31ވަނަ ދުވަހާ ހަމައަށެވެ. އެ މުއްދަތު މިދިޔަ އާދީއްތަ ދުވަހަށް ހަމަވެފައިވާއިރު މިހާރު ބައެއް މެންބަރުން މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށް މަޖިލީހުން ވިދާޅުވިއެވެ.

މަޖިލީހުން ވިދާޅުވިގޮތުގައި މިހާތަނަށް 88 މެންބަރަކު ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ. މި ބަޔާންތައް މިހާރު ވަނީ މަޖިލީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު 20 ވަނަ ދައުރަށް މެންބަރުން ހުވާ ކުރައްވާފައިވާތީ އެ އެމެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހެނީ ހުވާކުރާތާ އެއް އަހަރު ދުވަސް ފަހުންނެވެ. މިއަހަރުގެ މެއި މަހުގެ 28 އަށް އެއް އަހަރު ފުރިފައިވާ މެންބަރުން މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ފަހު މުއްދަކީ މިއަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަސްކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

މެންބަރުން މާލީ ބަޔާން ހުށަހެޅުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮންމެ މެންބަރަކުވެސް ކުރަންޖެހޭ ކަމެކެވެ. މި ބަޔާނުގައި ކޮންމެ މެންބަރެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ މައުލޫމާތު އާންމުކުރެވޭނެއެވެ. މިހާތަނަށް 88 މެންބަރުން މާލީ ބަޔާން ހުށަހަޅުއްވާފައިރު މި ހިނގާ 20ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވައެވެ.

މާލީ ބަޔާން މިހާތަނަށް ހުށަނާޅުއްވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރާއި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ނަން އިއްވި މެންބަރުން ނިކުންނަންދެން މަޖިލިސް މެދުކަނޑާލައިފި

majilis

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަން ކުރަން މަޖިލީހަށް

presidents raees

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތް ދޭން ފާސްކޮށްފި

majilis

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ 5 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި