ކުއްލި ޚަބަރު

ރައީސް މުޢިއްޒާއި ފީފާގެ ރައީސް މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެނީ

ފަސް މިލިއަން ގަސް ޕްރޮގްރާމް: 16 މަސް ތެރޭ ސްޓެލްކޯ އިން 70،000އަށްވުރެ ގިނަ ގަސް އިންދައިފި

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ކޮރަޕްޝަނާއި ދެކޮޅަށް ފުރަތަމަ ފަހަރަށް ފަންނީ އޮނިގަނޑެއް އެކުލަވާލާ ޢަމަލުކުރަން ފަށައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މުވައްޒަފުންގެ ޤާބިލްކަން ކަނޑައެޅުމަށް އެކުލަވާލި ކޮމްޕިޓެންސީ ފްރޭމްވަރކާއެކު މަސައްކަތްތައް ހަރުދަނާވެ ޚިދުމަތުގެ ފެންވަރު ފުރިހަމަކުރުމަށް މަގުފަހިވާނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވެއްޖެއެވެ. ޗާންސެލަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރަން ބޭނުންވާ ފަންނީ ޤާބިލުކަމުގެ އޮނިގަނޑު ފުރަތަމަފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އޭސީސީގެ ކޮމްޕިޓެންސީ ފްރޭމްވަރކަކީ އެކޮމިޝަނުގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ ޤާބިލުކަމާއި، ފަންނީ ޤާބިލުކަން ކަނޑައަޅާފައިވާ މިންގަނޑެވެ. މި ފްރޭމްވޯކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރުމުގެ އިތުރުން ކޮމިޝަނުގެ މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރެވިފައި އޮތުން ހިމެނެއެވެ.

އޭސީސީގެ ކޮމްޕިޓެންސީ ފްރޭމްވަރކް އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީ ވިދާޅުވީ އޭސީސީގެ ފްރޭމްވަރކްގެ ސަބަބުން މަސައްކަތްކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެގޮތުން ވަޒީފާއަށް މީހުން ނެގުމާއި މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އިތުރުން މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމުގައި ވަރަށް ބޭނުންތެރި އެއްޗަކަށް ފްރޭމްވަރކްވާނެކަމަށް ޑރ. ޝައުޤީ ވިދާޅުވިއެވެ.

ޑރ. ޝައުޤީ ވިދާޅުވީ ކޮންމެ މުވައްޒަފަކުވެސް ކުރިއަރާ ދެވޭނީ ކުރާ މަސައްކަތް، ކުރާ ހިތުން ކުރުމުން ކަމަށެވެ. އޭގެ ސަބަބުން މަސައްކަތް ހަރުދަނާވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މަޢުލޫމާތާއި ހުނަރާއި ސިފަތަކާއި އަޚުލާޤާއި ޢަމަލު އެބަ ވަޒަންކުރޭ ފްރޭމްވަރކްގެ ތެރެއިން. ކޮންމެ މީހަކުވެސް އެކުރާ މަސައްކަތަކީ އަމިއްލައަށް ބޭނުންވެގެން ކުރާ ކަމަކަށް ވާންޖެހޭ. އެކަން ކުރެވޭނީ ތަމްރީންވެސް ދީގެން އަދި ލޯބިކުރާ މަސައްކަތަކަށް ވެގެން.” ޑރ. މަހުމޫދު ޝައުޤީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް ވިދާޅުވީ އައު ފްރޭމްވަރކްއާއެކު މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ފަންނީ ޤާބިލުކަމާއި ހުނަރުތައް ކަނޑައެޅޭނެ ކަމަށެވެ. އެއާއެކު މުވައްޒަފުންގެ ޤާބިލުކަން މިހާރު ހުރި މިންވަރު ދެނެގަނެ، ތަމްރީނުތައް ކުރިއަށް ގެންދަންޖެހޭކަމަށް ޝާމިލު ވިދާޅުވިއެވެ.

ޝާމިލު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމަކަށް އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އެހެންކަމުން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއެއް ފެންނަ މިންވަރަށް އަދިވެސް ގިނަ މަސައްކަތްތަކެއްކުރަންޖެހޭ ކަމަށާއި، އައު ފްރޭމްވަރކާއެކު މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ޝާމިލު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ މި މަސައްކަތްކުރެވޭނީ ރަނގަޅު ކޮމްޕިއުޓަރ ސިސްޓަމްތަކާއި ސަރވާއާއި ޓެކްނޮލޮޖީގެ ވަޞީލަތްތައް ލިބިގެންނޭ. އެއާއެކު އަޅުގަނޑުމެންނަށް ޔަޤީންވި އަނެއް ކަމަކީ ވަޞީލަތްތަކާ އެއްވަރަށް މުވައްޒަފުންގެވެސް ޤާބިލުކަމާއި ހުނަރާއި ސިފަތައް ކުރިއަރުވަންޖެހޭކަން. އެހެންވީމަ ކޮމިޝަނުގެ ކޮމްޕިޓެންސީ ފްރޭމްވަރކްއެއް އެކުލަވާލުމުގެ މަސައްކަތް ފެށީ.” ޝާމިލް

މި ފްރޭމްވޯކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން ބަޔާންކުރުމުގެ އިތުރުން ކޮމިޝަނުގެ މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރެވިފައި އޮތުން ހިމެނެއެވެ.

މި އޮނިގަނޑު އެކުލެވިގެންވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ “ޖެނެރަލް ކޮމްޕީޓެންސީ”، “ޓެކްނިކަލް ކޮމްޕީޓެންސީ” އަދި “މެނޭޖީރިއަލް ކޮމްޕީޓެންސީ”އެވެ.

މި ފްރޭމްވާކްގެ ސަބަބުން މުވައްޒަފުންނަށް އެ މުވައްޒަފެއްގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތަކަކީ ކޮބައިކަން ސާފުކޮށް އެނގި ކޮމިޝަނަކީ ޤާބިލު މުވައްޒަފުންތަކެއް މަސައްކަތްކުރާ، ނަތީޖާ ނެރޭ މުއައްސަސާއަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އޭސީސީއަށް ހާޒިރުކޮށްފި

Ameeeee

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

ސަޢުދީއާ ރާއްޖެ ގުޅިގެން ބާއްވާ ނަޒާހަތްތެރިކަމާ ބެހޭ ބައިނަލްއަޤުވާމީ ފޯރަމް މޭ 6ގައި ފަށަނީ

ސހހ

ޓޫރިޒަމް ދާއިރާގެ ކޮރަޕްޝަނާ ދެކޮޅަށް އޭސީސީން ފޯރަމެއް ބާއްވަނީ

TTH_advertisement