ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕްގެ އިންޒާރު: ޣައްޒާ ހަނގުރާމަ ކާމިޔާބު ކުރެވުނަސް ބައިނަލްއަގްވާމީ ގުޅުންތައް އިސްރާއީލަށް ގެއްލޭނެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads

އިސްރާއީލަށް ޣައްޒާ ހަނގުރާމަ ކާމިޔާބު ކުރެވުނަސް، ބައިނަލްއަގްވާމީ ގުޅުންތައް ގެއްލޭނެ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް އިންޒާރު ކޮށްފިއެވެ.

އެމެރިކާގެ “ޑެއިލީ ކޯލަރ” އަށް ދިން އިންޓަރވިއުއެއްގައި ޓްރަމްޕް ބުނީ، ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެކަމުގެ “ވޭނާއި ތަދު” އިސްރާއީލަށް އުފުލަންޖެހިފައިވާ ކަމަށެވެ.

ޚާއްސަކޮށް އެމެރިކާގެ ކޮންގްރެސް ތެރެއިން އެކަމުގެ ގެއްލުން އިސްރާއީލަށް ލިބެމުންދާ ކަމަށް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.

HajjCop_ads

ޓްރަމްޕް ބުނީ، އިސްރާއީލަކީ އެމެރިކާގެ ކޮންގްރެސްގެ އެންމެ ނުފޫޒުގަދަ ލޮބީ ކަމަށާއި، އިސްރާއީލަށް ކޮންގްރެސްގެ ފުރިހަމަ ކޮންޓްރޯލް ކުރިން އޮތް ކަމަށެވެ. ނަމަވެސް، މިހާރު އެކަމެއް ނެތް ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕް ބުނީ، އިސްރާއީލުން ޣައްޒާ ހަނގުރާމަ ކާމިޔާބު ކުރަމުންދާ ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް، އިސްރާއީލުގެ ތަސައްވުރު ދުނިޔޭގައި ރީތިކުރަން ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނޭ ކަމަށެވެ.

ދުނިޔޭގެ ނުފޫޒާއި ބިރު ދައްކައިގެންނާއި، އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކޮންޓްރޯލްކޮށްގެން އިސްރާއީލުން ގެންދަނީ ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ސިއްރުކުރަން ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

ޚާއްސަކޮށް، އެމެރިކާގެ ޔަހޫދީ ލޮބީ ގްރޫޕްތަކުން ބިލިއަން ޑޮލަރު ޚަރަދުކޮށް، އެމެރިކާގެ ކޮންގްރެސް މެމްބަރުން ގަނެލައި، އިސްރާއީލު ބޭނުންވާ ގޮތަށް އެމެރިކާއިން ކަންކަން ގެންދަނީ ކުރަމުންނެވެ.

އެކަމަކު، ފަލަސްތީނު ނޫސްވެރިން ފުރާނައިން ގުރުބާންވެ، ޣައްޒާގެ ހާލަތު ދުނިޔެއަށް ހުއްޓާނުލާ ހާމަކުރަމުން ގެންދިއުމާއެކު، އިސްރާއީލުން ފަތުރާ ވާހަކަތަކާ މެދު ދުނިޔޭގެ ވިސްނުން މިހާރުދަނީ ބަދަލުވަމުންނެވެ.

އެމެރިކާގައި ނަގާ ޚިޔާލު ހޯދުންތަކުންވެސް ދައްކަނީ، ޣައްޒާ ހަނގުރާމައަށް އެމީހުން މިހާރު ތާއީދު ނުކުރާ ކަމަށެވެ. ޔޫރަޕްގެ ޚިޔާލުވެސް ބަދަލުވާން ފަށައިފިއެވެ.

ޣައްޒާގެ ކުޑަކުދިންނާއި، އާންމުން ޝަހީދުކުރުމުގައި އުޅުމަށްފަހު ދުނިޔޭގެ އެކި ގައުމުތަކަށް ޗުއްޓީއަށްދާ އިސްތިއުމާރީ ސިފައިން ހިފައި ހައްޔަރުކުރުމާއި، ޝަރީއަތް ހިންގުމާއި، އިސްރާއީލު މީހުންނަށް ފުރައްސާރަކުރުމާއި، ފަހާދުވުން ޔޫރަޕުން ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިހާރު އާންމު ކަމަކަށްވެފައި ވުމުން، އިސްރާއީލު މިހާރު އޮތީ ބޯގޮވާ ހިސާބުގައެވެ.

ޣައްޒާގައި މިހާރު ބަނޑުހައިހޫނުކަން އާންމުވެފައިވާކަން ރަސްމީގޮތުން ކަނޑައެޅިގެން ދިއުމާއި، ޣައްޒާގައި އިސްރާއީލުން ހިންގަނީ ނަސްލުނައްތާލުމުގެ ކެމްޕެއިނެއްކަންވެސް ރަސްމީގޮތުން ކަނޑައެޅިގެން ދިއުމާއެކު، ފަހުން ވެދާނެ ގޮތަކާމެދު ބިރު އުފެދި، އިސްރާއީލަށް ތާއީދުދޭ ގައުމުތަކުންވެސް މިހާރު ތިބީ ފަހަތުފަޔަށް ބުރަވެގެންނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

އީރާނުން ގޯހެއް ހަދައިފިނަމަ އަނެއްކާވެސް ހަމަލާދޭން ޖެހިދާނެ: އެމެރިކާގެ ރައީސް

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު

އީރާނު ޕާލަމެންޓް ރައީސްގެ މަލާމާތް ޓްރަމްޕަށް: ބްލޮކޭޑްގެ ސަބަބުން އަގުބޮޑުވަނީ ތެޔޮ، އީރާނަކަށް ގެއްލުމެއްނުވޭ