ކުއްލި ޚަބަރު

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޗައިނާގެ އެހީގައި އައްޑޫ ސިޓީގައި ލޮޖިސްޓިކް ހަބެއް ގާއިމުކުރަނީ

ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

މިމަހު ފަހުކޮޅު ބެލްޖިއަމުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރަން ނިންމައި، އިސްރާއީލުގެ ދެ ވަޒީރަކު ބެލްޖިއަމަށް އެރުން މަނާކޮށްފި

ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމާ ޕްރިވޯ:

މިމަހު ފަހުކޮޅު ބާއްވާ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާނޭކަން ބެލްޖިއަމުންވެސް އިއުލާން ކޮށްފިއެވެ.

މިކަން އިއުލާން ކުރެއްވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމާ ޕްރިވޯއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމުގެ އިތުރުން، އިސްރާއީލާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަންވެސް އޭނާ އިއުލާން ކުރެއްވިއެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހަދާފައިވާ ޣައިރުގާނޫނީ ޔަހޫދީ އާބާދީތަކުގައި އުފައްދާ ތަކެތި ބެލްޖިއަމްއަށް އެތެރެކުރުން މަނާކުރުންވެސް ހިމެނެއެވެ.

އަދި ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހަރުކަށި ދެ ވަޒީރަކާއި، ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަރުކަށި އަނިޔާވެރި އަމަލުތައް ހިންގާ ޔަހޫދީ ވަޒަންވެރިން ބެލްޖިއަމްއަށް އެރުން މަނާކުރަންވެސް ސަރުކާރުން ނިންމާފައި ވެއެވެ.

ބެލްޖިއަމަށް އެރުން މަނާކުރި ދެ ވަޒީރުންނަކީ، ހަރުކަށި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން-ގްވީރާއި، ފައިނޭންސް މިނިސްޓަރ ސްމޮރިޗެވެ. މިއީ، ފަލަސްތީނުގެ ހުރިހާ ބިންތަކަށް ވެރިވެގަތުމަށް އުޅޭ ދެމީހުންނެވެ.

ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސިމާ ޕްރިވޯ ވިދާޅުވީ، ފަލަސްތީނުގެ މިނިވަން ދައުލަތް ބެލްޖިއަމުން ގަބޫލުކުރުން މުޅިން ރަސްމީ ވެގެންދާނީ، ޣައްޒާގައި ތިބި އިސްރާއީލު ގައިދީންގެ އެންމެ ފަހު މީހާ މިނިވަންކުރެވި އަދި ފަލަސްތީނުގެ ކަންކަމުން ހަމާސް އެއްފަރާތްވުމުން، ބެލްޖިއަމުން ނެރޭ ރިޔާސީ ގަރާރަކުން ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ބެލްޖިއަމުން ގަބޫލުކުރަން ނިންމުމުން، ފަލަސްތީނު ސަރުކާރުންވަނީ އެކަމަށް މަރްހަބާ ކިޔާފައެވެ.

ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދގެ ގަރާރުތަކާއި، ދެ ދައުލަތުގެ ހައްލަށް ތާއީދުކޮށް އަދި ސުލްހައަށްޓަކައި ބެލްޖިއަމުން ނިންމި ނިންމުމެއް ކަމަށް ފަލަސްތީނު ސަރުކާރުން ދެކޭ ކަމަށެވެ.

އަދި ހަމަ ދުނިޔޭގެ އެހެން ގައުމުތަކަށް ފަލަސްތީނު ސަރުކާރުންވަނީ، ފަލަސްތީނުގެ ދައުލަތް ވީހާވެސް އަވަހަކަށް ބަލައިގަތުމަށް ގޮވާލާފައެވެ.

މިމަހު ފަހުކޮޅު އދގެ އާންމު މަޖިލީހުގެ ޖަލްސާގެ ތެރޭގައި ޔޫރަޕްގެ ބޮޑެތި ގައުމުތަކާއި، ދުނިޔޭގެ އެތައް ގައުމަކުން ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ބަލައިގަތުމަށް ތައްޔާރުވެފައިވާތީ، އިސްރާއީލުން އަންގައިގެން އެކަމަށް ހުރަސްއެޅުމަށްޓަކައި އެމެރިކާއިން ވަނީ ފަލަސްތީނުގެ ރައީސާއި، ފަލަސްތީނު ވަފުދު އެމެރިކާއަށް ދިއުމަށް ވިސާ ނުދޭންވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުގެ ބިރުދެއްކުންތަކާ އެކުވެސް، “ސުމުދް ގްލޯބަލް ފްރީޑަމް ފްލޮޓިލާ” ގާފިލާގެ ދަތުރު ކުރިއަށް

ޔަމަނުން މިސައިލެއް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފި

ޓްރަމްޕްގެ އިންޒާރު: ޣައްޒާ ހަނގުރާމަ ކާމިޔާބު ކުރެވުނަސް ބައިނަލްއަގްވާމީ ގުޅުންތައް އިސްރާއީލަށް ގެއްލޭނެ

ފަލަސްތީނު އެއްވެސް ރައްޔިތަކަށް ވިސާ ނުދޭން ޓްރަމްޕްގެ ސަރުކާރުން ނިންމައިފި

TTH_advertisement ELL Mobile Advertisement