ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު އެކުގައި މަސައްކަތްކުރެއްވުމަށް ރައީސް ގޮވާލައްވައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ސާބިތުކަން މަތީގައިކަން ތިބިކަން ހާމަކުރައްވައި، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި ބޭއްވި “އެސްސީއޯ ޕްލަސް” ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޓިއަންޖިންގައި ބޭއްވި “އެސްސީއޯ ޕްލަސް” ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ސާބިތުކަން މަތީގައިކަން ތިބިކަން ހާމަކުރައްވައި، ފަލަސްޠީނުގެ ޙައްޤުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އެސްސީއޯގެ މުހިންމު މެންބަރުންގެ ތެރޭގައި ޗައިނާ، ރަޝިޔާ އަދި އިންޑިޔާގެ އިތުރުން އީރާން، ޕާކިސްތާން، ބެލަރޫސް، ކަޒަކިސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާން ހިމެނޭއިރު، ދުނިޔޭގެ ހަކަތައިގެ ރިޒަރވްގެ އެންމެ ބޮޑު ހިއްސާއެއް އޮތީ އެ ޤައުމުތަކުގައެވެ.

ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ފަލަސްޠީނުގެ ހައްޤުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރުކޮށްފައެވެ. ރާއްޖެ ތަމްސީލްކުރާ ބައިނަލްއަޤްވާމީ ހުރިހާ މަންސައެއްގައި ރާއްޖެއިން ދަނީ ފަލަސްޠީނުގެ ހައްޤުގައި އަޑު އުފުލައި، ވަކާލާތުކުރަމުންނެވެ. އެގޮތުން ތިމާވެއްޓާބެހޭ ބައްދަލުވުންތަކާއި، އިޤްތިޞާދީ ބައްދަލުވުންތަކުގެ އިތުރުން ސިއްޙަތާއި ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައިވެސް ރާއްޖެއިން ދަނީ ފަލަސްޠީނުގެ ހައްޤުގައި އަޑު އުފުލަމުންނެވެ.

ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ވަކާލާތު ކުރަމުންދާތާ އެތައް އަހަރުތަކެއް ވެފައިވާއިރު، ރާއްޖެއަކީ ފަލަސްޠީނުގެ ހައްޤުގައި އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދަނީ ފަލަސްޠީނުގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. އަދި މިއަދު މި އަޑު މިވަނީ އިތުރަށް ގަދަވެފައެވެ.

ބައިނަލްއަޤުވާމީ ބައްދަލުވުންތަކުގައި ރައީސް ދެއްވާ ތަޤުރީރުތަކުގައި ފަލަސްޠީނުގެ ހައްޤުގައި އަޑު އުފުލާތާ އެތައް އަހަރެއްވީއިރުވެސް އެ މައްސަލައަށް ހައްލެއް ނުލިބޭކަމަށާއި، އަދި ބާރުވެރި ފަރާތްތަކަށް އެކަމާއި އަޅާލާ މަންޒަރުވެސް ނުފެންނަކަމަށް އަޑު ހަރުކޮށް ދަނީ ގޮވާލަމުންނެވެ. ބާރުވެރި ފަރާތްތަކުން ފަލަސްޠީނުގެ މައްސަލާގައި ހަމަހިމޭނުން އޮތުމުން، ނުވަތަ ފިޔަވަޅެއް ނާޅާ އޮތުމުން އެކަމުގެ ފައިދާ ނަގައިގެން ފަލަސްޠީނުގެ ރައްޔިތުންނަށް ދޭ އަނިޔާތައް އިސްރާއީލުން އިތުރަށް ވަރުގަދަކުރާކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ތަޤުރީރުތަކުގައި ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ވަކާލަތުކުރަނީ ފަލަސްޠީނުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދަޢުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމްކުރުމެވެ. މި ސިޔާސަތަކީ ފާއިތުވި 48 އަހަރު ދެގޮތެއްނުވެ ދެމިގެންގޮސްފައިވާ ސިޔާސަތެކެވެ.

އިސްރާއީލުން ފަލަސްޠީނުގެ ނަސްލުހޭދުކުރުމަށް ހިންގަމުންދާ ޤަތުލުޢާންމާއި ދެކޮޅަށް ދިވެހިރާއްޖެއިން މިހާތަނަށް އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށް، އިސްރާއީލުގެ ޕާސްޕޯޓު ބޭންކުރުމެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އެޕްރީލް މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ފައްޓަވަނީ

Ii

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި މިހާރު 126 މިލިޔަން ޑޮލަރު އެބަހުރި: ރައީސް

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

ތިން ކޮޓަރީގެ ފުލެޓުތައް 10،000 ރުފިޔާއަށްވުރެ ބޮޑެއް ނުވާނެ: ރައީސް

TTH_advertisement