ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނު އެއްވެސް ރައްޔިތަކަށް ވިސާ ނުދޭން ޓްރަމްޕްގެ ސަރުކާރުން ނިންމައިފި

ފަލަސްތީނު އެއްވެސް ރައްޔިތަކަށް ވިސާ ނުދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާ ސަރުކާރުން މި ފިޔަވަޅު މިއެޅީ، ނިއު ޔޯކްގައި މިމަހު ބާއްވާ އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއި، އަދި ފަލަސްތީނު ވަފުދުގެ އެއްވެސް ބޭފުޅަކަށް ވިސާ ނުދޭން އެމެރިކާއިން ނިންމުމާ ގުޅިގެން އެކަން ދުނިޔެއިން ކުށްވެރި ކުރަމުން ގެންދަނިކޮށެވެ.

މީގެއިތުރުން، “އިތުރަށް ބަލަންޖެހޭ ކަންކަން ބަލައިނިމެންދެން” ޣައްޒާއިން އެމެރިކާއަށް އަންނަ ވަކިވަކި ފަރުދުންނަށް ވިސާ ނުދޭން ނިންމާފައިވާކަން އެމެރިކާގެ ޚާރިޖިއްޔާއިން މީގެ ދެ ހަފްތާކުރިން އިއުލާން ކޮށްފައިވެސް ވެއެވެ.

ދުނިޔޭގެ ދެކޮޅު ހެދުންތަކާއި އަދި އެމެރިކާގެ ނިންމުން ބަދަލުކުރަން ގޮވާލަމުން ގެންދަނިކޮށް، ފަލަސްތީނާ ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅު ޓްރަމްޕްގެ ސަރުކާރުން މިވަނީ އިތުރަށް ފުޅާކޮށްފައެވެ.

އެމެރިކާގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނެފައިވަނީ، ފަލަސްތީނު އެއްވެސް މީހަކަށް ވިސާ ނުދޭން އެމެރިކާއިން މިހާރު ނިންމާފައިވާ ކަމަށެވެ.

އެމެރިކާ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ފަލަސްތީނު އެއްވެސް މީހަކަށް ބޭސްފަރުވާއަށްވިޔަސް، އެމެރިކާގައި ދިރިއުޅޭ އާއިލާ މީހުންނާ ބައްދަލުކުރުމަށްވިޔަސް، ކިޔަވަން ނުވަތަ ވިޔަފާރީގެ ބޭނުމަށްވެސް އެމެރިކާއަށް ދެން ދަތުރެއް ނުކުރެވޭނެއެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާއި، ފަލަސްތީނުގެ ވަފުދު، އާންމު  މަޖިލީހުގެ ޖަލްސާއަށް އައުމަށް ވިސާ ނުދޭން ނިންމުމުގެ އިތުރުން، ފަލަސްތީނު ޕާސްޕޯޓް އޮންނަ އެއްވެސް މީހަކަށް ވިސާނުދޭން އެމެރިކާއިން ނިންމުމުގެ ފަހަތުގައި އޮތީ އިސްތިއުމާރީ އިސްރާއީލު ކަމަށް އެންމެންވެސް ބުނެއެވެ.

އެމެރިކާގެ ވެރިކަމުގައި މިހާރު ހުރި ޑޮނަލްޑް ޓްރަމްޕާއި، އޭނާގެ ސަރުކާރާއި، އެމެރިކާގެ ސިޔާސީ މައިދާނުގައި ކިރިޔާވެސް ބާރެއް ހުރި މީހަކު ވިއްޔާ މިހާރު ހުރީ ޒަޔަނިސްޓު ލޮބީ ގްރޫޕްތަކުގެ އަތްދަށުވެ ފިތިފައެވެ. އެމެރިކާގެ ވެރިކަމަކީ ޔަހޫދީން ބޭނުންގޮތަކަށް ހިންގާ ވެރިކަމަކަށް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް