ކުއްލި ޚަބަރު

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ވަރަށް އަނިޔާވެއްޖެ

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން ފަށައިފި

ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި

އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 622 އަށް އަރައިފި

އަފްޣާނިސްތާނަށް ރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 622 އަށް އަރައިފިއެވެ.

އަފްޣާނިސްތާނު ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ، ބިންހެލުމުގައި އެންމެބޮޑު ގެއްލުން ލިބުނު ކުނާރުން 610 މީހުން އަދި ނަންގަރްހަރުން 12 މީހުން މަރުވެފައިވާ ކަމަށެވެ.

މަރުވި މީހުންގެ އަދަދުތައް އަދިވެސް މައްޗަށް ދާނޭ ކަމަށް، އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ކުނާރުން އެތައް ގެއެއް ވެއްޓި، އިތުރު 1،300 މީހުން ޒަޚަމްވެފައިވާ ކަމަށާއި، ނަންގަރްހަރުން 255 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ދާޚިލީ ވުޒާރާގެ ތަރުޖަމާނު މުފްތީ އަބްދުލް މަތީން ވިދާޅުވިއެވެ.

ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް އުފުލުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން މިހާރުވެސް ކުރަމުން އެބަ ގެންދެއެވެ.

އަފްޣާން ރެޑް ކްރެސެންޓުގެ ޓީމުތަކާއި، މެޑިކަލް ޓީމުތައްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ކުނާރާއި، ނަންގަރްހަރަކީ އަފްޣާނިސްތާނުގެ އިރުމަތިން ޕާކިސްތާނު ބޯޑަރާ ގުޅޭ ސަރަހައްދުގެ ރަށްތަކެވެ.

މި ސަރަހައްދަށް ރިކްޓަރ މިންގަނޑުން 6 ގެ ބާރުމިނުގެ ބިންހެލުން އައިސްފައިވަނީ، އަފްޣާނިސްތާނުގެ ގަޑިން މެންދަމުގެ ވަގުތުގައެވެ.

ބިހެލުމުގައި މަށްޓާއި ލަކުޑިން ހަދާފައިވާ އެތައް ގެއެއް ވެއްޓި ބިމާހަމަވެ، އެތައް އަވަށެއް ސުންނާފަތިވެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަފްޣާނިސްތާނަށް އައި ބިންހެލުމުގެ ލޮޅުންތައް ޕާކިސްތާނުގެ އިތުރުން އިންޑިއާއަށްވެސް އެރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕާކިސްތާނާއި އަފްޣާނިސްތާނުން ހަމަލާތައް ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލައިފި

ޕާކިސްތާނު ސިފައިން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ރަޝިޔާއިން ޠާލިބާން ސަރުކާރު ބަލައިގަތުމަކީ ތާރީޚީ ކަމެއް، އެހެން ގައުމުތަކުން ރަޝިޔާ ނަމޫނާއަކަށް ނަގަންޖެހޭ: އަފްޣާން ފޮރިން މިނިސްޓަރ

TTH_advertisement