ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޔޫމަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން: ޝަހީމް

66

ރާއްޖޭގެ ފަތިރުވެރިކަމުގެ އެއް ބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުންކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އެމްޔޫމަނިކު އަވަހާރަވުމާގުޅިގެން ތައުޒިޔާކިޔުއްވާ މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖްގައެވެ.

ޝަހީމް ވިދާޅުވީ އެމްޔޫ މަނިކަކީ ދީނީ، އިޖުތިމާއީ، އަދި ތައުލީމީ ކަންކަމުގެ އިތުރުން މީހުން ބިނާކުރަން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. އޭގެ އިތުރުން މިސްކިތްތައް ބިނާކުރަން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ދެއްވި ކަމަށް ވިދާޅުވިއެވެ.

އެމްޔޫ މަނިކު ސިންގަޕޫރަށް ފުރާވަޑައިގަތުމުގެ ކުރިން ހުޅުމާލޭގައި ބޮޑު މިސްކިތެއް ބިނާކުރައްވަން އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން. ސިޓީއެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަޖައްސަވައި ދެއްވުމަށް އެދިލައްވާފައިވޭ،”  ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ހުޅުމާލެއިން އެކަމަށް ބިން ވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އެމްޔޫ މަނިކު ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 5 ޖޫން 1971 ގައެވެ. މުޙައްމަދު އުމަރު މަނިކު ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރައްވައި އޭނާ އަށް ވަނީ 2011 ވަނަ ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުފާފައެވެ.

އޭނާ އަކީ ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް

dr shaheem

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

Shaheem

ދެ އިންތިޚާބު އެއްކޮށްލުމަކީ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭ ހެޔޮ ބަދަލެއް: ޑރ. ޝަހީމް

WhatsApp Image 2026 02 05 at 19.32.06

ރައީސް އިއުލާން ކުރެއްވި ހުޅުމާލޭގައި އިމާރާތްކުރާ ބޮޑު މިސްކިތުގެ ކުރެހުން އާންމުކޮށްފި