ކުއްލި ޚަބަރު

ކޮންމެ ފުލުހަކީ ނަޒާހާތްތެރިކަމާއެކު މަސައްކަތްކުރާ މީހަކަށް ވާންޖެހޭ: އިހްސާން

އެމްޔޫމަނިކުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން: ޝަހީމް

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެއްދެވުމަށް އެމްޔޫ މަނިކު ކުރެއްވި މަސައްކަތް ނުހަނު ބޮޑު: ރައީސް

ހަމާސްގެ މުޖާހިދުންދިން ކުއްލި ހަމަލާއެއްގައި އިސްރާއީލު ސިފައިންގެ އެކަކު މަރާލައި 11 މީހުން ޒަޚަމް، 4 ސިފައިން ގެއްލިފައި

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީ ހިފުމަށް ހަމަލާ ދެމުންގެންދާ އިސްތިއުމާރީ ޓެރަރިސްޓު ސިފައިންގެ ގްރޫޕަކަށް މުޖާހިދުންދިން ކުއްލި ވަރުގަދަ ހަމަލާއެއްގައި ޓެރަރިސްޓު ސިފައިންގެ އެކަކު މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މުޖާހިދުންގެ ހަމަލާގައި އިސްރާއީލު ސިފައިންގެ 11 މީހަކު ވަރަށް ބޮޑަށް ޒަޚަމްވިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، ހަމަލާއަށްފަހު ވީނުވީއެއް ނޭނގި ގެއްލުނު އިތުރު 4 ސިފައިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒަޚަމްވި ސިފައިން އަނބުރާ ގެންދިއުމަށްޓަކައި އަސްކަރީ ހެލިކޮޕްޓަރުތައް އެ ސަރަހައްދަށް ފޮނުވައިގެން އުފުލާފައި ވެއެވެ.

ހަމާސްގެ މުޖާހިދުން ކުއްލި ހަމަލާ ދީފައިވަނީ، ގާޒާ ސިޓީގެ ޒައިތޫން އަވަށުގައެވެ. ޒައިތޫން އަވަށަށް ޓޭންކާއި، ބުލްޑޯޒަރުތަކާ އެކު އަރައި، އެ އަވަށުން އާންމުން ބޭރުކޮށް އެ އަވަށް ބިމާހަމަކުރުމުގެ މަސައްކަތް ޓެރަރިސްޓުން ގެންދަނީ ކުރަމުންނެވެ.

އޭގެކުރިން ޒައިތޫން އަވަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ، އެތައް އާންމުން ޝަހީދުކޮށްލާފައި ވެއެވެ.

މިހާރުވެސް އިސްތިއުމާރީ ސިފައިން ގެންދަނީ ގާޒާ ސިޓީގެ ސަބްރާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިސްރާއީލު ސިފައިން ގާޒާ ސިޓީ ހިފުމަށް ހަމަލާތައް ދޭން ފަށާފައިވާ އެއް ސަބަބެއް ކަމަށް ބުނެފައިވަނީ، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ގައިދީން މިނިވަން ކުރުމެވެ.

ނަމަވެސް، ހަމާސްގެ އަސްކަރީ ފިޔައިގެ ތަރުޖަމާނު އަބޫ އުބައިދާ މިއަދުވެސް، ވިދާޅުވީ، ޣައްޒާ ހިފުމަށް މަސައްކަތް ކުރާ ވަރަކަށް އިސްތިއުމާރީ އިތުރު ސިފައިން ހަމާސްގެ އަތްދަށުވަމުންދާނޭ ކަމަށެވެ. ހަމާސްގެ މުޖާހިދުން ތިބީ އެކަމަށް ހުރިހާ މާނައެއްގައި ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް އަބޫ އުބައިދާ ވިދާޅުވެފައި ވެއެވެ.

ޣައްޒާއާ ދެކޮޅަށް އިސްތިއުމާރީ ސިފައިން ހަނގުރާމަ ފެށިފަހުން، މުޖާހިދުންގެ ހަމަލާތަކުގައި މިހާތަނަށް 455 މީހުން މަރާލައި، އެތައްސަތޭކަ ސިފައިން ޒަޚަމްކޮށްލާފައި ވެއެވެ.

ހަނގުރާމަ ފެށިފަހުން ހަމާސްގެ އަތްދަށުވީ ސިފައިންގެ އަދަދުތައް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިސްރާއީލުން ދިން ހަމަލާގައި ބޮޑުވަޒީރާއި، ކެބިނެޓް ވަޒީރުންތަކެއް އަވަހާރަވެފައިވާކަން ހޫޘީން ކަށަވަރުކޮށްދީފި

Abbas

އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ދިއުމަށް ފަލަސްތީނު ވަފުދަށް ވިސާ ނުދޭން އެމެރިކާއިން ނިންމި މައްސަލަ ހޫނުވަނީ

7b5933d0 563e 11f0 9f23 c9631faaebd4

ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި

1536x864 cmsv2 2ae12e1b 48ff 5513 a16a 19aa9b765361 9442057

ކަމަލާއަށް ސީކްރެޓް ސާވިސް އިން ފޯރުކޮށްދެމުންދިޔަ ރައްކާތެރިކަން ކަނޑާލައިފި

TTH_advertisement ELL Mobile Advertisement