ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޫސުން ގޯސްވެއްޖެ

ހއ.އަތޮޅުން ފެށިގެން މ.އަތޮޅާ ހިސާބަށް މޫސުން ގޯސް ވާނޭކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 10 އަކުން ފެށިގެން ހަވީރު 4 ޖެހުމާ ހަމަޔަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން އެންމެފުރަތަމަ ވައިޓް އެލާޓް ނެރެފައިވަނީ އުތުރުގެ އަތޮޅުތަކަށެވެ. ނަމަވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް ފަހުން ވަނީ ވައިޓް އެލާޓް ނެރެފައެވެ.

ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ 11 ވަނަ ނަކަތްކަމަށްވާ ފުރަ ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެއެވެ. މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނާނޭކަމަށް އިހުގެ މީހުން ބުނެއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު، ސަމާލްވޭ!

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ