ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި

7b5933d0 563e 11f0 9f23 c9631faaebd4

ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑުވަޒީރުކަމުގެ މަގާމުން ޕެއިޓޮންގްޓާން ޝިނަވާޓް ވަކިކޮށްފިއެވެ.

ބޮޑުވަޒީރުކަމުގެ މަގާމުން ޝިނަވާޓް ވަކިކުރުމަށް ތައިލެންޑުގެ ކޯޓަކުން ނިންމި އިރު، އެ މައްސަލައިގައި މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ.

ސިޔާސީގޮތުން ބާރުގަދަ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 39 އަހަރުގެ ޕެއިޓޮންގްޓާން ޝިނަވާޓް އަކީ ތައިލެންޑުގެ އެންމެ ޒުވާން ބޮޑުވަޒީރެވެ. އޭނާއަށް އެ މަގާމުގައި ދެމިހުންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފައި މިވަނީ، އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެ މައްސަލައިގައި ތައިލެންޑުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޝިނަވާޓްގެ ކިބައިގައި ބޮޑުވަޒީރުކަމުގެ ޝަރުތު އަދި ސިފަތައް ހަމަނުވާ ކަމަށެވެ. އެހެންކަމުން އޭނާ މަގާމުން ވަކިކުރުމަށް ވަނީ ނިންމައިފައެވެ.

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ޖެހިފައިވާ ބޯޑަރުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޝިނަވާޓް އާއި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހުން ސެންގެ ފޯނު ކޯލެއް ވަނީ ލީކުވެފައެވެ.

އެ ފޯނު ކޯލުގައި ހުން ސެންއަށް ޝިނަވާޓް މުހާތަބުކުރައްވާފައިވަނީ “ބޮޑުބޭބެ”ގެ ގޮތުގައެވެ. އަދި ކެމްބޯޑިއާގެ ސިފައިންގެ މީހެއްގެ މަރުގެ މައްސަލައިގައި، އަމިއްލަ ގައުމުގެ ސިފައިންނަށް ޝިނަވާޓް ވަނީ އެ ފޯނު ކޯލުގައި ފާޑުވިދާޅުވެފައެވެ.

އޭގެ އިތުރުން ބޭނުންވާ ކަމެއް ދެންނެވުމުން އެކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް އެ ފޯނު ކޯލުގައި ޝިނަވާޓް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތައިލެންޑާއި ކެމްބޯޑިއާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ތައިލެންޑާއި، ކެމްބޯޑިއާ ސިފައިން ބަދަލުކުރަމުންދާ ހަމަލާތައް ހަނގުރާމައަކަށް ބަދަލުވެދާނެ: ތައިލެންޑްގެ ބޮޑުވަޒީރު

thailand-tourists

ތައިލެންޑަށް ދަތުރުކުރާ އިރު، އެރައިވަލް ކާޑު ފުރިހަމަކުރަންޖެހޭ ގޮތަށް ހަދައިފި

ތައިލެންޑަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް އެދިއްޖެ

TTH_advertisement