ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޫޘީން ދިން ޑްރޯން ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަންޢާއަށް ވަރުގަދައަށް ބޮންއަޅައިފި

އިސްތިއުމާރީ އިސްރާއީލުގެ މަތިންދާ ބޯޓުތަކުން ޔަމަނުގެ ވެރިރަށް ސަންޢާއަށް ވަރުގަދައަށް ބޮންއަޅައިފިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ނެރުނު ކުރު ބަޔާނެއްގައި ސަންޢާއަށް ބޮންއެޅިކަމަށް ބުނުމުގެ އިތުރަށް އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. ބޮންއެޅީ ސަންޢާގެ ކޮން ތަންތަނަކަށް ކަމެއްވެސް ބުނެފައެއް ނުވެއެވެ.

ސަންޢާއިން ވަރުގަދަ ގޮވުންތައް ގޮވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.

އިސްތިއުމާރީ ސިފައިން ހަމަލާތައް އަމާޒުކުރީ ކޮން ތަންތަނަކަށް ކަމެއް އަދި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް ޔަމަނުންވެސް އަދި ނުދެއެވެ.

އެހެން ނަމަވެސް، މީޑިއާ  ވަސީލަތްތަކުން ބުނެފައިވަނީ، އިސްރާއީލުން ހަމަލާދިނީ ޔަމަނު ސަރުކާރުގެ އިންޓިރިއަރ މިނިސްޓްރީ އިމާރާތަށާއި، ހޫޘީން ސިފައިންގެ ތަމްރީނު ކޭމްޕަކަށް ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނަނީ، އިސްރާއީލުން ހަމަލާދިނީ، ހޫޘީންގެ ލީޑަރު އަބްދުލް މާލިކް އަލްހޫޘީއާއި، ޗީފް އޮފް ސްޓާފާއި، އަސްކަރީ ވެރިންގެ ބައްދަލުވުމެއް ހިނގަމުންދިޔަ ތަނަކަށް ކަމަށެވެ.

ނަމަވެސް، މިކަމާ ގުޅޭގޮތުންވެސް ހޫޘީ ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ.

އިސްރާއީލުން ޔަމަނުގެ ވެރިރަށް ސަންޢާއަށް ބޮން މިއެޅީ، ހޫޘީން މިއަދު އަނެއްކާވެސް އިސްރާއީލުގެ އެންމެ އެތެރެއަށް ޑްރޯންއެއް ފޮނުވައި ހަމަލާދިނުމާ ގުޅިގެންނެވެ.

ހޫޘީންގެ ޑްރޯންއެއް، އިސްރާއީލުގެ ތެރޭގައި އުދުހެމުންދާ ވީޑިއޯއެއް އާންމުކޮށް، ބުނެފައިވަނީ، ޑްރޯން ހުއްޓުވުމަށް އިސްރާއީލު އަސްކަރިއްޔާއަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށާއި، މިޝަން ވަރަށް ކާމިޔާބު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި