ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީ ދުވަހާ ގުޅިގެން ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޤައުމީ ޔުނިވަރސިޓީގެ ލައިބްރަރީ ދުވަހާ ގުޅިގެން ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޔޫއިން ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ ހަފްތާއެއްގެ މުއްދަތަކަށް ކަމަށެވެ.

ފޮތް ހަދިޔާ ކުރާ ހަފްތާގެ ހަރަކާތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ފޮތްތަކަކީ ދިރިއުޅުމުގައި ބާރުގަދަ އެކުވެރިއެއްކަމަށާއި، ފޮތްތަކުން ވަރަށް ގުނަ ގުނަކަންކަމަށް މީހާގެ ލޯ ހުޅުވޭކަމަށެވެ. އަދި ފޮތް ކިޔާ މިންވަރަކުން ކަންކަން އެނގި ހާމަވެގެންދާކަމަށް ވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މީގެ އިތުރުން ހަދިޔާކުރާ ކޮންމެ ފޮތަކީ ހަމައެކަނި ހަދިޔާއެއް ނޫން ކަމަށާއި އަންނަން އޮތް ޖީލުތަކުގެ އުނގެނުމާއި ކުރިއެރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އެމްއެންޔޫގެ ދަރިވަރުންގެ ޖަމިއްޔާ، އެމްއެންޔޫ ސްޓޫޑަންޓްސް އެސޯސިއޭޝަނާއި ލައިބްރަރީގެ ފަރާތުން ފާހަގަ ކުރާ ހަރަކާތުގެ މައިގަނޑު ބޭނުމަކީ، ދަރިވަރުންނަށާއި މުވައްޒަފުންނަށް ލައިބްރަރީ އިތުރަށް ތައާރަފްކޮށްދިނުމާއެކު، ދެ ފަރާތް ގުޅިގެން ލައިބްރަރީގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރުމެވެ.

މިއަދުން ފެށިގެން އަންނަ މަހު 3އަށް ކުރިއަށްގެންދާ މި ހަރަކާތުގައި ފޮތް ހަދިޔާކުރުމުގެ ފުރުޞަތު އާންމުނަށްވެސް އޮވެއެވެ. މިހަރަކާތް އެމްއެންޔޫގެ 6 ލައިބްރަރީއެއްގައި ކުރިއަށްގެންދާނެއެވެ. އެގޮތުން ސެންޓްރަލް ލައިބްރަރީ، ހެލްތު ސައިންސަސް ލައިބްރަރީ، ބިޒްނަސް ސްޓަޑީޒް ލައިބްރަރީ، ހދ. ކުޅުދުއްފުށީ ކެމްޕަސް ލައިބްރަރީ، ގދ. ތިނަދޫ ކެމްޕަސް ލައިބްރަރީ އަދި އައްޑޫ ހިތަދޫ ކެމްޕަސް ލައިބްރަރީގަ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ.

ކޮންމެ ލައިބްރަރީއެއްގައި ވެސް ޑޮނޭޝަން ކަލެކްޝަން ޕޮއިންޓް ހުންނާނެ ކަމަށާއި، ފައިސާގެ އެހީތެރިކަން ވެސް ދެވިދާނެ ކަމަށް އެމްއެންޔޫއިން ވިދާޅުވިއެވެ. މިހަރަކާތުގެ ތެރެއިން ތައުލީމީ ފޮތް، ހަދާ ދިރާސާ ރިސާޗު ރިޕޯޓް، ތީސިސް، ޑިސަޓޭޝަން، ވާހަކަ ފޮތް، ދިވެހި އަދި އިނގިރޭސި ފޮތް ހަދިޔާ ކުރެވޭނެއެވެ.

ފޮތް ހަދިޔާ ކުރުމުގެ އިތުރުން ލައިބްރަރީ ދުވަހާ ގުޅިގެން ގުޅިގެން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައިވެސް ވަނީ ތަފާތުއެކި ދާއިރާއަކުން ފޮތް ހަދިޔަކޮށްފައެވެ. އެގޮތުން ހަދިޔާކުރި ފަރާތްތަކަށް ވަނީ ހަދާނީ ސެޓްފިކެޓް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ސަލާމަތާގުޅޭ ދިރާސާކުރުމަށް އެމްއެންޔޫއާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއް

ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

މެރިން ރިސަރޗްގެ ދާއިރާއިން ފުރުޞަތު ފަހިކޮށްދިނުމަށް ސޮނޭވާއާއެކު އެމްއެންޔޫއިން އެއްބަސްވުމެއް

TTH_advertisement