ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަޝިޔާގެ ތެޔޮ ގަންނާތީ އެމެރިކާއިން އިންޑިއާއަށް ބޮޑު އަދަބެއް ދީފި، މޯދީއާއި ޓްރަމްޕް ރުޅިވީތަ؟

STO_Ads
TTH_Ads
Advertisement

އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ ގިނަ މުދަލުން 50 އިންސައްތަ ޓެރިފް (ނުވަތަ އިމްޕޯޓް ޑިއުޓީ) ނެގުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމަށް މިއަދު އަމަލުކުރަން ފެށުމާއެކު، އިންޑިއާ މީހުން ސޯޝަލް މީޑިއާގައި އެމެރިކާއަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުން އެބަ ގެންދެއެވެ.

އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގަން ޓްރަމްޕް ކަނޑައެޅި ޓެރިފްގެ މިންވަރު ދެގުނަ ބޮޑުކޮށް ފަންސާސް އިންސައްތައަށް މައްޗަށް ޖެއްސީ، އިންޑިއާއިން ރަޝިޔާއިން އަގުހެޔޮކޮށް ތެޔޮ ގަންނާތީ އިންޑިއާއަށް އަދަބުދިނުމުގެ ގޮތުންނެވެ.

އެމެރިކާގެ ނިންމުމުގެ ސަބަބުން އިންޑިއާ އާއި އެމެރިކާގެ ގުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނޭ ކަމަށް ވާހަކަ ދެކެވެމުން އެބަ ދެއެވެ.

HajjCop_ads
Advertisement

އެމެރިކާއަކީ ދުނިޔޭގެ އެންމެބޮޑު އިގްތިސާދެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެބޮޑު ޑިމޮކްރަސީއެވެ. އެކަމަކު، އިންޑިއާއަކީ ދުނިޔޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެންމެބޮޑު އިގްތިސާދެވެ.

އިންޑިއާގެ އިގްތިސާދު މިހާރު ކުރިއަރަމުން އަންނަ ސްޕީޑަށް ބަލާއިރު، އެމެރިކާ ފަހަތަށް ޖައްސައި 2038 ވަނަ އަހަރު އިންޑިއާއަކީ ޕީޕީޕީ ޓާމުން ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އިގްތިސާދަށް ވާނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއިން އެކްސްޕޯޓްކުރާ މުދަލުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އެމެރިކާއަށް އެކްސްޕޯޓްކުރާ މުދަލެވެ. އަދި އެމެރިކާއަކީ އިންޑިއާގެ އެންމެބޮޑު މާކެޓްވެސް މެއެވެ.

މިކަމާހެދި، ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލަން އެމެރިކާއިން އެކި ގޮތްގޮތުން އިންޑިއާއަށް އިންޒާރު ކުރަމުން ގޮސްފައި ވެއެވެ. އެކަމަކު، އިންޑިއާއިން އެމެރިކާގެ ބިރުދެއްކުންތަކަށް އަޅައެއް ނުލިއެވެ.

އޭގެ ބަދަލުގައި ފެނިގެންދިޔައީ، އިންޑިއާއިން ރަޝިޔާ އަދި ޗައިނާއާއެކު ގާތް ގުޅުންތައް އުފައްދައި، ވިޔަފާރިއާއި އެނޫންވެސް މައިދާންތަކުގައި މުއާމަލާތްތައް ފުޅާކުރަމުންދިޔަ ތަނެވެ.

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާ އިންޑިއާގެ ސިޔާސީ މީހުންނާއި، އެނޫންވެސް މީހުން ބުނަމުން ގެންދަނީ އެމެރިކާއިން އިންޑިއާއަށް ބުލީކުރަނީ ކަމަށެވެ.

އެމެރިކާއިން ޓެރިފް ބޮޑުކުރިޔަސް އިންޑިއާއަށް އެކަމުން ކުރާނޭ އަސަރެއް ނޯންނާނެ ކަމަށެވެ.

ޓެކްސްޓައިލް ވިޔަފާރިއަށް ރަޝިޔާއާއި ދުނިޔޭގެ އެހެން ގައުމުތަކުން މާކެޓުތައް ހޯދޭނެ ކަމަށާއި، އިންޑިއާއިން ދުނިޔޭގެ ގިނަ ގައުމުތަކާއެކު ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާއިން އެޅި ފިޔަވަޅުތަކުން ކުރާ އަސަރު ކުޑަކުރެވޭނެ ކަމަށް، އިންޑިއާއަށް ނިސްބަތްވާ އިގްތިސާދީ ބައެއް މާހިރުން ބުނެއެވެ.

އިންޑިއާގެ ބައެއް މީހުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންވެސް އެބަ ގެންދެއެވެ. އެއީ، ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ޓްރަމްޕް އިއުލާންކުރި ޓެރިފާ ގުޅޭގޮތުން އެ ގައުމުތަކުން ޓްރަމްޕާ ވާހަކަ ދައްކައި ގޮތްތަކެއް ހޯދާފައި ވާއިރު، މޯދީ އެކަމަށް މަސައްކަތް ނުކުރެއްވުމުންނެވެ.

ޓްރަމްޕް އިއުލާންކުރި 50 އިންސައްތަ ޓެރިފަށް މިއަދު އަމަލުކުރަން ފެށިއިރު، މިކަމާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީ އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ކަށަވަރު ނުވާ ރިޕޯޓްތައް ބުނާގޮތުގައި ގޮތްތަކެއް ހަމަޖައްސަން އެމެރިކާގެ ރައީސް ޓްރަމްޕް ހަތަރު ފަހަރު ގުޅުމުންވެސް މޯދީ ފޯނަށް ޖަވާބެއް ނުދެއްވައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް، އިންޑިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި، އިންޑިއާ ބަދުނާމުކޮށް އެތައް ވާހަކަތަކެއް ދައްކަމުން ގެންދާއިރުވެސް، އެކަމާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީ ހަމަ އެއްވެސް އެއްޗެއް ވިދާޅުނުވާތީ އިންޑިއާގެ އެތައް އާންމުން ސޯޝަލް މީޑިއާއަށް ރުޅިބާލަމުން ގޮސްފައި ވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނގުރާމައާ ގުޅޭގޮތުން އެއްވެސް ބަޔަކާ ވާހަކަ ދެއްކުމުގެ ޕްލޭނެއް މިވަގުތު ނެތް: އީރާނު

ހޮރްމޫޒުގައި މުޅިން އައު ރޫޓެއް ކަނޑައަޅަން އީރާނާއި އުމާން އެއްބަސްވުމަކާ ގާތަށް

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު