ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

“ކޫލް ސްކޫލް” ޕްރޮޖެކްޓް: ހުރިހާ ސުކޫލެއްގެ ކްލާސްރޫމްތައް މި އަހަރު އޭސީކޮށް ނިމޭނެ: ރައީސް

“ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދަށުން ހުރިހާ ކްލާސްރޫމްތަކެއް އޭސީކޮށް މި އަހަރު ނިމޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިިފި އެވެ.

އެމަނިކުފާނު އެކަމުގެ ޔަޤީންކަން ދެއްވީ މިރޭ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސްކޫލުތަކުގެ ކްލާސްރޫމްތަކާއި ހޯލްތައް ހޫނުވުމުގެ މައްސަލަ އަކީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރީންގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

އެ ކަންބޮޑުންތަކަށް ހައްލެއް ހޯދާ ދިނުމަށް ފަށާފައިވާ “ކޫލް ސްކޫލް” ޕްރޮޖެކްޓާއި ގުޅޭގޮތުން ވަރަށް ގިނަ ކައުންސިލްތަކުން ސުވާލު ކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ޕްރޮޖެކްޓް ތަފްސީލް މިރޭ ހިއްސާ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ހުރިހާ ރަށަކަށް ބޭނުންވާ މިންވަރަށް ބަލްކުކޮށް އޭސީ ގެންނަން ނިންމާފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީކޮށް ނިންމަން ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް އެކަން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

“ކޫލް ސްކޫލް” ޕްރޮޖެކްޓްގެ ދެވަނަ ފިޔަވައްސެއް ވެސް އޮތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ސުކޫލް ހޯލްތަކާއި މަަލްޓިޕާޕަސް ހޯލްތައް އޭސީކޮށް ނިންމާނެ ކަމަށެވެ.

އަދި މަޝްރޫޢު ނިމިގެންދާއިރު ކަރަންޓަށް ކުރާ ހޭދަ ކުޑަކުުރުމަށް ސޯލާ ޖަހާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެންމެ ބޮޑަށް ދަރިވަރުންގެ ފަރާތުން އައި އެދުމަކީ، ދަރިވަރުން ކިޔަވާ ކްލާސްރޫމްތައް ހޫނުކަމުން، އޭސީކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން އެމަނިކުފާނު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމެއް އޭސީ ކުރަން ނިންމެވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕާކިސްތާނުގެ ޖެނެރަލް ސާޙިރް ޝަމްޝާދް، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

laamu gamu

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

TTH_advertisement