ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަކުނުދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

ހދ. މަކުނުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެއަރޕޯޓް ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން ކޮމްޕެނީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަކުނުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީގް ވިދާޅުވީ މަކުނުދޫގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަހެރިކޮށް އެރަށް އޮތުން ކަމަށެވެ. އެ ރަށުގައި ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިސަރުކާރުން މަކުނުދޫ ރައްޔިތުން ބޭނުންވާ އެއަރޕޯޓު މަސައްކަތް ކުރުމަށް ހަވާލުކުރުމަކީ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވެގެންދިއުން ކަމަށްވެސް ޝަފީގް ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ދަށުން 1800 މީޓަރުގެ ދިގު ރަންވޭއެއް ތަރައްޤީ ކުރުމަށް ބިން ހިއްކާނެވެ. އަދި ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކާނެވެ. އެ މަޝްރޫއު ނިންމާލާނީ އެއަރޕޯޓުގެ އިންފްރާސްޓަކްޗާގެ މަސައްކަތާއިއެކުގައެވެ. އަދި އެއަރޕޯޓް ނިންމުމަށް ފަހު ހިންގުމަށް ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާއިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި