ކުއްލި ޚަބަރު

ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަނީ

ދޯންޏެއް ބަންޑުން ޖަހާލައި ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

މާލެއެކޭއެއްގޮތަށް ރަށްރަށުގައި އޭޓީއެމް ބެހެއްޓުން ރައްޔިތުން އުފަލާއެކު ބަލައިގަނޭ: އާދަމް ޝަރީފް

ވެނެޒުއެލާއިން ކަނޑުގެ ބޯޑަރަށް ސިފައިންގެ ފައުޖެއް ޖަމާކޮށްފި، ދިފާއީ ވަޒީރު ވިދާޅުވަނީ ނިކަން ރީތިކޮށް އެމެރިކާ ބަލިކުރާނޭ ކަމަށް

ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯގެ އަމުރަށް، ސިފައިންގެ ފައުޖެއް ހަތިޔާރާއެކު ވެނެޒުއެލާގެ ކަނޑުގެ ބޯޑަރުގައި ރުކުރުވާލައިފިއެވެ.

މި ފައުޖުގައި، ހަނގުރާމަމަތީ މަނަވަރުތަކާއި، ގަންބޯޓުތަކާއި، ހަމަލާދޭ ޑްރޯންވެސް ހިމެނެއެވެ.

ވެނެޒުއެލާއިން ސިފައިންގެ ފައުޖެއް ބޯޑަރަށް މި ޖަމާކުރީ، ވެނެޒުއެލާއަށް އަރައިގަތުމަށް ނިންމައި، އެމެރިކާއިން ވެނެޒުއެލާއާ ގާތަށް ކަނޑުގެ ސަރަހައްދަށް އަސްކަރީ މަނަވަރުތައް ޖަމާކުރަން ފެށުމާ ގުޅިގެންނެވެ.

އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރައިގަނެ އެގައުމު ހިފުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމީ، ވެނެޒުއެލާއަކީ އެމެރިކާއަށް “ނުރައްކަލެއް” ކަމަށް ބުނެއެވެ.

ހަނގުރާމަމަތީ މަނަވަރުތަކާއި، 4،000 ސިފައިން ހިމެނޭ ފައުޖެއް ކަނޑުމަގުން ވެނެޒުއެލާއާ ގާތަށް ދިއުމަށް އެމެރިކާގެ ރައީސް އަމުރުކުރީ މިދިޔަ ހަފްތާގައެވެ.

ވެނެޒުއެލާގެ އަސްކަރިއްޔާ ހަނގުރާމައަށް ތައްޔާރުވަމުން ދާއިރު، ގައުމުގެ މިނިވަންކަމާއި، އިސްތިގްލާލު ދިފާއުކުރުމަށް ހަނގުރާމައަށް ނުކުތުމަށް ވެނެޒުއެލާގައި އުޅޭ ހަތިޔާރު އެޅި އެކިއެކި ޖަމާއަތްތަކާއި، އާންމުންވެސް މިހާރު ގެންދަނީ ނަން ނޯޓުކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއާ ދެކޮޅަށް ހަނގުރާމައަށް ނުކުތުމަށް މިހާތަނަށް އެތައް މިލިއަން މީހުން ނަން ނޯޓުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހަތިޔާރު އެޅި ޖަމާއަތްތަކަށް ނިސްބަތްވާ 4.5 މިލިއަން މީހުންވެސް ހިމެނެއެވެ.

ވެނެޒުއެލާގެ ދިފާއީ ވަޒީރު ވިދާޅުވެފައިވަނީ، އެމެރިކާއާ ދެކޮޅަށް ހަނގުރާމަކޮށް ގައުމު ދިފާއުކުރަން އަސްކަރިއްޔާ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި، ހަނގުރާމަކޮށް އެމެރިކާ ސިފައިން ނިކަން ރީތިކޮށް ބަލިކުރާނޭ ކަމަށެވެ.

އެމެރިކާއިން ވެނެޒުއެލާއަށް އަރައިގަތުމަށް އުޅޭ ސަބަބާ ގުޅޭގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ބުނެފައިވަނީ، ވެނެޒުއެލާގައި ރަޝިޔާ، ޗައިނާ އަދި އީރާނުގެ ނުފޫޒު އިތުރުވަމުންދާ ކަމަށާއި، އީރާނުން ޑްރޯން އުފައްދާ ކާރުޚާނާއެއްވެސް ވެނެޒުއެލާގައި ހަދަމުންދާ ކަމަށެވެ.

ލުބުނާނުގެ ހިޒްބުﷲގެ މެމްބަރުންނަށްވެސް ވެނެޒުއެލާއިން ޕާސްޕޯޓް ދޫކުރާ ކަމަށް، ރޫބިއޯ ތުހުމަތު ކޮށްފައި ވެއެވެ.

އެކަމަކު، އެމެރިކާގެ ރައީސް ޓްރަމްޕްގެ ހަމައެކަނި މަގްސަދަކީ ވެނެޒުއެލާގެ ރައީސް މަދޫރޯ ވެރިކަމުން ދުރުކުރުން ކަމަށާއި، އެމެރިކާގެ ބޭނުމަކީ ވެނެޒުއެލާއަށް ލިބިފައިވާ ތެލުގެ މުއްސަނދިކަމަށް ވެރިވެގަތުން ކަމަށް އެންމެންވެސް ގަބޫލުކުރެއެވެ.

ވެނެޒުއެލާއަކީ ދުނިޔޭގައި މިހާރުވެސް އެންމެ ގިނައިން ތެޔޮ އުފައްދައި ބާޒާރަށް ނެރޭ ގައުމެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯގެ ބޮލަށް އެމެރިކާއިންވަނީ 50 މިލިއަން ޑޮލަރުވެސް އިނާމުވެސް ހުށަހަޅާފައެވެ. އެމެރިކާއިން ބުނެފައިވަނީ މަދޫރޯއަކީ “ޓެރަރިސްޓެއް” ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަދުންމަތީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފި

Thalassemia

މާބަނޑު ދަރިފުޅަކީ ލޭއަޅާ ކުއްޖެތޯ ބަލަން ލާޒިމްކުރާ ބިލް ބަލައިގަނެފި

majilis

މީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ނަތަންޔާހޫ ޕްރެޝަރ ކުރީކަމަށް އީރާނުން ބުނުމުން އޮސްޓްރޭލިއާއިން އެ ވާހަކަތައް ދޮގުކޮށްފި

ELL Mobile Advertisement TTH_advertisement