ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަމަނުގެ ހޫޘީން މިސައިލާއެކު ކްލަސްޓަރ ބޮން ބޭނުންކުރަން ފެށުމުން އިސްރާއީލު ބިރުގެންފި

ޔަމަނަށް ވައިގެ ހަމަލާ ދިންއިރު ނަތަންޔާހޫ ކޮންޓްރޯލްރޫމްގައި

ޔަމަނުގެ ހޫޘީން ހުކުރު ދުވަހު އިސްރާއީލަށް ދިން ވަރުގަދަ މިސައިލް ހަމަލާއާ ގުޅިގެން، ހޫޘީން ބޭނުންކުރި މިސައިލްގެ ބާވަތާ ގުޅޭގޮތުން އިސްރާއީލުން އީރާނުގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވަން ފަށައިފިއެވެ.

އިސްރާއީލުން ބުނަނީ، ހޫޘީން ހުކުރު ދުވަހު ހަމަލާދިނުމަށް ބޭނުންކުރީ “މީރްވް” ޓެކްނޮލޮޖީގެ މިސައިލެއް ކަމަށެވެ. މިއީ، އެތައް ވޯރހެޑް އުފުލުމުގެ ގާބިލްކަން ލިބިފައިވާ ޓެކްނޮލޮޖީގެ މިސައިލެކެވެ. މިއީ ކްލަސްޓަރ ބޮމުގެ ބާވަތެކެވެ.

މިއީ، އިސްރާއީލާ ދެކޮޅަށް ހޫޘީން ކްލަސްޓަރ ބޮން ބޭނުންކުރި ފުރަތަމަ ފަހަރެވެ. ކްލަސްޓަރ ބޮމަކީ އެ ބޮން ވައިގެތެރޭގައި ރޫޅި ބޮޑު ސަރަހައްދަކަށް ހަމަލާދީ ގެއްލުންދެވޭ ޒާތުގެ ބޮމެވެ.

އިސްރާއީލުން ބުނަނީ، މިއީ އީރާނުން ފޯރުކޮށްދިން މިސައިލްތަކެއް ކަމަށެވެ.

ހޫޘީން ހުކުރު ދުވަހު ފޮނުވާލި މިސައިލް ވައްޓާލުމުގައި އިސްރާއީލުގެ އެއަރ ޑިފެންސްވަނީ ފެއިލްވެފައެވެ. ހޫޘީން ބުނެފައިވަނީ އެމީހުން ފޮނުވާލި މިސައިލް ކާމިޔާބު ކަމާއެކު އަމާޒަށް ވާސިލްވި ކަމަށެވެ. މިސައިލް ހަމަލާ ދީފައިވަނީ އިސްރާއީލުގެ ތެލް އަވީވަށެވެ.

ހޫޘީން ހުކުރު ދުވަހު ދިން މިސައިލް ހަމަލާގެ ރައްދުގައި އިސްރާއީލުން ޖެހިގެން އައި ހޮނިހިރު ދުވަހުވަނީ ޔަމަނުގެ ވެރިރަށް ސަންޢާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

އިސްތިއުމާރީ ސިފައިންގެ ވައިގެ ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ، ސަންޢާގައި ހުންނަ ރިޔާސީ ގަނޑުވަރާއި، އެ ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދުތަކާއި، ހޫޘީން ހަތިޔާރު ރައްކާކޮށްފައި ހުރި ކަމަށްބުނާ ގުދަނަކާއި، ދެ އިންޖީނުގެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ހޫޘީން ފުރަތަމަ ފަހަރަށް ކްލަސްޓަރ ބޮން ބޭނުންކުރުމުން އިސްރާއީލު މިހާރުވަނީ ބިރުގެންފައެވެ. ސަބަބަކީ، ކްލަސްޓަރ ބޮން ހުއްޓުވުމަކީ އިސްރާއީލުގެ އެއަރ ޑިފެންސް ސިސްޓަމްތަކަށްވެސް ކުރެވޭވަރު ކަމަކަށް ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި