ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެކުނުގެ ހިސާބުތަކަށް މޫސުން ގޯސްވާނެ: މެޓް

ރާއްޖޭގެ އެންމެ ދެކުނުގެ ހިސާބުތަކަށް މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މޫސުމާ ބެހޭޢ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން އައްޑޫސިޓީއަށް ޔެލޯ އެލާޓް ނެރެފައިވަނީ، މިއަދު ހެނދުނު 07:45 ކުން ފެށިގެން 10:45 ގެ ނިޔަލަށެވެ. އެލާޓް ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުރުރާނޭކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން އައްޑޫސިޓީއަށް ޔެލޯ އެލާޓް ނެރެފައިވާއިރު، މިދުަވަސްކޮޅު އާއްމުގޮތެއްގައި މޫސުން ރަނގަޅެވެ. ނަމަވެސް ބައެއް ދުަވސްދުވަހު ވިއްސާރަވެ، ކަނޑުތައް ގަދައެވެ.

އިއްޔެ މި ފެށުނީ ހުޅަނގު މޫސުމުގެ 11 ވަނަ ނަކަތް ކަމަށްވާ “ފުރަ”ނަކަތެވެ. މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނޭކަމަށް ނަކަތް ދަންނަ މީހުން ބުނެއެވެ. އެގޮތުން މި ނަކަތާއެކު ހުޅަނގު މޫސުމުގެ އެންމެ ގަދަ ދުވަސްތައް ނިމުމަކަށް އަންނައިރު، ވައިޖެހޭނީ ޢާންމުކޮށް ހުޅަނގު އުތުރުންނެވެ.

މި ނަކަތުގައި ރާއްޖޭގެ މަސްވެރިކަން އާދައިގެ ގޮތެއްގައި ރަނގަޅަށް ހުންނައިރު، ޢާންމުގޮތެއްގައި މަސްއައިންތައް ފެންނާނީ އަތޮޅުތަކާ ދުރުން މާކަނޑުންކަމަށް އިހުގެ ނަކަތްތެރިން ބުނެއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް