ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމަންޓުގެ ޝީޓް ފައިލިން މަސައްކަތް ފަށައިފި

Gzc0ifwxuaajxxu

މާލޭގެ ބޮޑުތަކުރުފާނު މަގު އުތުރު ފަރާތުން މަގު ފުޅާކޮށް، ތާރު އަޅައި ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ސެގްމަންޓުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަ ސެގްމަންޓުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކަމަށެވެ.

އެ މަގު ހަދާ ނިމޭ އިރު، މަގު ފުޅާވެ، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވެ، ތޮއްޖެހުން މަދުވާނެ ކަމަށާއި އޭގެ އިތުރުން އާ ސްޓޯމްވޯޓާ ޑްރެނޭޖް ސިސްޓަމެއްގެ ސަބަބުން ފެންބޮޑުވުން މަދުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ބޮޑުތަކުރުފާނު މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 144,509,024.16 (144.5 މިލިއަން) ރުފިޔާއަށް 455 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތައް:

  • ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގު ހެދުން
  • 830 މީޓަރުގެ މަގުގައި ތާރު އެޅުން (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް)
  • ދުވާރުތައް ހެދުންފެން ހިންދާ ނިޒާމު ގާއިމުކުރުން
  • ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުން

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 08 at 17.32.16

މަޑަވެލީ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރަން 174.58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

މަގޫދޫ އެއާޕޯޓްގެ ޓާމިނަލްގެ އެތެރޭގެ މަސައްކަތްތައް ފަށައިފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން