ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ ލެޕްޓޮޕްތަކެއް ވަގަށް ނަގައި ވިއްކާލި މީހަކަށް ނުވަ މަހުގެ ޖަލު ހުކުމެއް 

Big p0ejpdozizhiivfmfqcs3epx0
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) —
TTH_Ads
STO_Ads
Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ލެޕްޓޮޕްތަކެއް ވަގަށް ނަގައި އެ ތަކެތި ވިއްކާލި މީހަކު ނުވަ މަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލައިގައި ހުކުމްކުރީ ތ. ގާދިއްފުށީ، މިރިޔާސްގެ، ހަސަން ޝަކީބުގެ މައްޗަށެވެ. ދައުލަތުގެ ފަރާތުން އޭނާއަށް ކުރީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 21 ގައި ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވެލޮޕްމަންޓް އޮފީހަށް ވަދެ، އެތަނުން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް، އެ ދުވަހުގެ ހެނދުނު 10:00 ހާއިރު އެތަކެތި ބ. ފުޅަދޫ، އުދަރެސް، ހަސަން އަޒްލީފަށް 1700 ރުފިޔާއަށް ވިއްކާލާފައިވާތީއެވެ.

HajjCop_ads
Advertisement

އޭނާ ނެގި ފަސް ލެޕްޓޮޕް ތެރޭގައި ހިމެނެނީ، ޑެލް ލެޓިޓިއުޑް 3530 އައި 5 ބްރޭންޑްގެ ދެ ލެޕްޓޮޕާއި 3510 އައި ފަހެއް ބްރޭންޑްގެ އެއް ލެޕްޓޮޕާއި 3420 އައި ފަހެއް ބްރޭންޑްގެ ދެ ލެޕްޓޮޕެވެ.

ކޯޓުގައި އޭނާ އެކަމަށް އިއުތިރާފުވުމުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

Thilafushi port

ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި

ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

އެއިޓީން ތާރޓީ ކްލެސިކްގެ ޗެމްޕިއަންކަން ސްޓެލްކޯ ބަލިކޮށް ކްލަބް އެޗްޑީސީއިން ހޯދައިފި