ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ ޗެއާޕާސަންކަމަށް މޫސަ ކުރިމަތިލަައްވަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމާފައިިވާކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބުނު ހުރިހާ ހައްގެއް ގެއްލިގެންދާއިރު ބަލަން ނުތިބެ އަމަލީގޮތުން މަސައްކަތް ކުރުމަށާއި ޕާޓީ ހަރަކާތްްތެެރި ކުރުމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާކަމަށެވެ.

އަދި ވިދާޅުވީ ގާނޫނުއަސާސީގައި ލިބިދީފަައިވާ ހައްގުތައް ހޯދަން މަސައްކަތް ނުކުރާ ބަޔަކަށް، ހައްގެއް ގެއްލުމަކުން އަސަރެއް ނުކުރާނެ ކަމަށެވެ،

މޫސަ މިހެން ވިދާޅުވެފައިވާއިރު، އޭނާ ގެންދަވަނީ މިހާރު ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލްގެ ސިޔާސަތުތަކަށް ދޭތެރެއަކުން ފާޑު ވިދާޅުވަމުންނެވެ. އެގޮތުން، މިހާރު އެމްޑީޕީގެ ހިނގުން އޮންނަނީ ހުއްޓިފައިކަމަށާއި މަގުމަތީގެ ހަރަކާތްތައް ކުރިއަށް ނުދަނީ ލީޑަރޝިޕްގެ ސަބަބުންކަމަށް މޫސަ ދަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލަައްވަން ނިންމެވިއިރު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާއި ރައީސްގެ މަގާމު އެއްކޮށްލުމަށް ފައްޔާޒު މިހާރު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންތިހާބަށް 100 މިލިއަން ހޭދަވިޔަސް ބޮޑެއް ނޫން: ރައީސް ޞާލިހު

78

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

Mp Falah

ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ވޯޓު ނުދިނީ ހަ މަހުގެ މުސާރަ އުނިވާތީ: ފަލާހު